ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދިދަ ނެގުމުގެ ހަރަކާތުން އިސް ލީޑަރާއި ޗެއަރޕާސަން ނުފެނުނު!

އެމްޑީޕީގެ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ދިދަ ނެގުމުގެ ހަރަކާތް ޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޗެއަރޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ބައިވެރިވެ ވަޑައިގަތުމެއް ނެތި ކުރިއަށް ގެންގޮސްފިއެވެ.

މިއަދު އެމްޑީޕީ އަށް 17 އަހަރު ފުރުމާއި ގުޅިގެން ޕާޓީގެ ހަރުގޭގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާޓީގެ ދިދަ ނަންގަވައިދެއްވާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އިސް ބޭފުޅުން ވަނީ ބައިވެެެރިވެފައެވެ.

އެމްޑީފީގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުނު އިރު ޕާޓީގެ އިސް ލީޑަރު ރައީސް ސާލިހު ހުންނެވީ ރަސްމީ ދަތުރު ފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. އަދި ޕާޓީގެ ޗެއަރޕާސަން ބައިވެރިވެ ވަޑައިނުގެންނެވި ސަބަބެއް އެމްޑީޕީ އިން ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދުވަސްވަރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ޕާޓީ ހިންގާލަން ޖެހޭ ކަމަށާއި ޕާޓީގެ ރަށްތަކުގައި ހުރި ހަރުގެ ތަކާއި ޖަގަހަތައް ހުރީ ނުހިނގާ ކަމުގައެވެ. ނަމަވެސް އެންމެ ފަހުން ބޭއްވުނު ގައުމީ މަޖިލިިސްް ވެސް ބާއްވާފައިވަނީ މީޑިއާ ތަކަށް ދައުވަތު ދިނުމެއް ނެތި ސިއްރިޔާތުގައެވެ. އެކަމާއި ގުޅިގެން ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބުނި ގޮތުގައި ގައުމީ މަޖިލިސް ލައިވް ނުކުރުމަށް އިރުޝާދު ދީފައިވަނީ ޗެއަރޕާސަން ކަމަށާޢި އެކަމުގެ ސަބަބެއް ކަމުގައި ވީ ހަރަދު ބޮޑުވުން ކަމުގައެވެ.

ޖަލްސާ ތައް ލައިވް ކުރަނީ މީޑިއާ ތަކަށް ބައިވަރު ލާރިދީގެން ކަމުގައި ފައްޔާޒް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ. އަދި ގައުމީ މަޖިލިސްގެ ޖަލްސާ ބޭއްވީ ސިއްރިޔާތުގައި ނޫން ކަމުގައި ވެސް މެމްބަރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
54%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: