ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ބޮޑުކުރަން މަޝްވަރާކުރަނީ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާއިން ނެގޭ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރުމަށް ސަރުކާރުން ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާ ކުރަންފަށައިފިއެވެ.

ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ބޮޑުކުރަނީ މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ އެކުލަވާލުމަށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

އެމިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ޓެކްސް ބޮޑު ކުރަން ޖެހެނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާތީ އިގްތިސާދު ހަމައަކަށް އެޅުވުމަށެވެ.ެ

ޓީޖީއެސްޓީ އާއި ޖީއެސްޓީއަށް ގެންނާނީ ކޮން ބަދަލުތަކެއްކަން ނުވަތަ އެބަދަލު ގެންނަ ވަގުތެއް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.

ޓެކްސް ބޮޑުކުރުމާއި ގުޅޭ ގޮތުން ސަރުކާރުން ވަނީ މިދިޔަ ހަފްތާ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޓީ އާއި މަޓާޓޯ ފަދަ ފަރާތްތަކާއެކު މަޝްވަރާ ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށް ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 2011 ވަނަ އަހަރު އަމަލު ކުރަން ފެށިއިރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައިސްފައިވަނީ 3.5 ޕަސެންޓެވެ. އެއަދަދަށް އެންމެ ފަހުން ބަދަލު ގެނެވިފައިވަނީ 2014 ވަނަ އަހަރުއެވެ. އެ އަހަރު ޖީއެސްޓީގެ ގޮތުގައި 12 ޕަސެންޓް ނެގުމަށް ނިންމައި އެ އަހަރުން ފެށިގެން މިއަދާ ހަމައަށް ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: