ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިންޑްސީ ލޯހަން ކައިވެނިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ލިންޑްސީ ލޯހަން ކައިވެނިކޮށްފިއެވެ.

ލިންޑްސީ އޭނާގެ ފޭނުންނާއި އެވާހަކަ ހިއްސާ ކޮށްފައިވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ބޭޑާ ޝަމާސްއާ އެވެ.

އެ ކައިވެނި ހަފުލާ ބޭއްވީ ކެލިފޯނިއާގެ އެ ދެމީހުން ދިރިއުޅޭ ގޭގަ އެވެ. އަދި އެ ކައިވެނީގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި އެކުވެރިންނެވެ.

ލޯހަން ކައިވެނިކުރި ކަން އެނގުނީ މީގެ ދެ ދުވަސް ކުރިން އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ.

އެ ޕޯސްޓުގައި ލޯހަން ބުނީ އޭނާ ދެކެމުން އައި ބޮޑު ހުވަފެނެއް އެންމެ ފަހުން ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އަދި ދުވަހަކު ވެސް ގަބޫލު ނުކުރެވޭ ވަރަށް އުފާވެފައި ހުރި ކަމަށް ބުންޏެވެ.

އެ ދެ މީހުން ކައިވެނިކުރަން އުޅޭ ކަމަށް ފުރަތަމަ ބުނެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.

ލޯހޭން އާއި ޝަމާސް ބައްދަލުވެފައި ވަނީ 2020 ވަނަ އަހަރު ދުބާއީގައި ބޭއްވި ފެސްޓިވަލެއްގެ ތެރެއިންނެވެ. އެއަށް ފަހު ދެ މީހުން އެކަކު އަނެކަކާ ވާހަކަދައްކަން ފަށައި ގިނަ ދުވަސްތަކެއް ނުވެ ލޯބީގެ ގޮތުން ގުޅުނެވެ.

މިދެމީހުން ކައިވެނިކޮށްފައިމިވަނީ  ދެމީހުން އެންގޭޖްވިތާ އަށް މަސް ދުވަސް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: