ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ފުލުހުން ހިންގާ ކާފިއުތައް ގާނޫނާއި ހިލާފު: އެޗްއާރްސީ ސްރީލަންކާ

ސްރީލަންކާގައި ހިންގާ މުޒާހަރާތަކުގެ ތެރެއިން: ފޮޓޯ/ ސޯށަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ސަރުކާރުގެ ހިންގުންތެރިކަމާއިމެދު ހިންހަމަނުޖެހުން ފާޅުކޮށް، އިސްވެރިންނާއި ރައީސް ގޯޓަބަޔާ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލައި ހިންގާ މުޒާހަރާތަކަށް ހުރަސްއެޅުމުގެ ގޮތުން، އެ ގައުމުގައި އިއުލާނުކޮށްފައިވާ ކާފިއު، ގާނޫނާއި ހިލާފުވާކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ސްރީލަންކާއިން ބުނުމާއިއެކު، ކާފިއު ނަގާލައިފިއެވެ.

ސްރީލަންކާގައި ހިންގަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ މަގުސަދުގައި އެގައުމުގެ ފުލުހުންގެ މުއައްސަސާއިން ހިންގަމުންދާ ކާފިއުތަކާއި މެދު ކަންބޮޑުވުންފާޅުކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ސްރީލަންކާއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، އެ ގައުމުގެ އިންސްޕެކްޓަރ ޖެނެރަލްގެ އެންގުމުގެ އިއުލާނުކޮށްފައިވާ ކާފިއުގެ ސަބަބުން، އެ ގައުމުގެ ގާނޫނު އަސާސީގައިވާ އިންސާނީ ހައްގުތަކަށް ހުރަސް އެޅިގެންދާކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން ހިންގަމުންދާ މުޒާހަރާތަކާއި މެދު ޝަކުވާއެއްވެސް ކޮށްފައިނުވާއިރު، ކާފިއުއެއް އިއުލާނު ކުރި ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް، ގޮވާލާކަމަށެވެ.

ސްރީލަންކާގައި ހިންގަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ފުލުހުންގެ މުއައްސަސާއިންވަނީ ކޯޓު އަމުރަކަށް އެދިފައިއެވެ. އެހެން ނަމަވެސް ކޯޓުތަކުން އެ ފަދަ އަމުރެއް ނެރިދީފައިނުވެއެވެ.

އަވައްޓެރި ސްރީލަންކާގެ ސަރުކާރުން، ލޯނު ނެގުމުގެ ސަބަބުން، ދަރަނިތައް އިތުރުވެ، ފައިސާ ޗާޕު ކުރުމުގެ ސަބަބުން، ފައިސާގެ އަގުވެއްޓި، އަދި ސަރުކާރުގެ އިހުމާލުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުންވެސް ލޯނުތަކުން ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫއުތައް ފައިލް ވުމުގެ ސަބަބުން، އެ ގައުމަށް ވަނީ މާލީ އަދި އިގްތިސޯދީ ބޮޑެތި ގެއްލުންތަކެއް ވެފައިއެވެ. އަދި ރައްޔިތުންނަށްވަނީ އެކަމުގެ ދަތިތައް ތަހައްމަލު ކުރަންޖެހިފައިއެވެ. މި ވަގުތު ސްރީލަންކާގެ އިޖްތިމާއީ ހާލަތުވަނީ، އިންތިހާއަށް ދަށަށް ގޮސްފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: