ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ ހިދުމަތް ބޭނުންވާ ގޮތް ކަނޑައަޅާނީ ރައްޔިތުން: ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ހިދުމަތް ބޭނުންވާ ގޮތް ކަނޑައަޅާނީ އާއްމު ރައްޔިތުންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ސްޓެލްކޯ ފްލެޓް ލިބޭ ސްޓާފުންނަށް ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން ހިދުމަތް ހޯދަން އަންނަ ފަރާތަކީ އާއްމު ރައްޔިތުން ކަމަށާއި އެހިދުމަތް ދޭންޖެހޭ ގޮތެއް އެނގޭނީ އާއްމު ރައްޔިތުންނަށް ކަމަށާއި އެހިދުމަތަކީ ގަބޫލުކުރެވޭ ނުވަތަ ނުކުރެވޭ ހިދުމަތެއް ތޯ ވިދާޅުވާނީ އާއްމު ރައްޔިތުންކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަން ކަނޑައަޅާނީ ސްޓެލްކޯ އިން ނޫންކަމަށާއި ނަމަވެސް އާއްމު ރައްޔިތުން ކަމަށް ޝަރީފް ވިދާޅުވިއެވެ،

ސްޓެލްކޯގެ ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ދެ ޓަވަރުގެ މަސައްކަތް ކޮށްދެއްވި ހުރިހާ އެންމެނަށް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ.

އެމަޝްރޫއު ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސް ނިންމާލުމުގައި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުންނަށް ޝަރީފް ޝުކުރު އަދާ ކުރެއްވި އެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ފުރިހަމަކޮށް ނިންމާލެވުނީ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަމުގައި ވާތީ ކަމަށާއި ސްޓެލްކޯގައި ކުރާ ކޮންމެ ކަމަކީ ސަރުކާރުގެ އިރުޝާދާއި މަޝްވަރާގެ މަތިން ކުރެވޭ ކަންތައްތައްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވުމާއެކު މުވައްޒަފުންނަށް ދެވިފައިވާ ލުޔާއި މުވައްޒަފުންނަށް ކޮށްދީފައިވާ ހިދުމަތްތަކަކީ ސަރުކާރުގެ އޯގާތެރިކަމާއި ސަރުކާރުން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން ބޭނުންވާތީ އެކަމުގެ ރަމްޒެއްގެ ގޮތުގައި ސްޓެލްކޯ މެދުވެރިކޮށް މުވައްޒަފުންނަށާއި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް މިހާތަނަށް 692 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ނަމަވެސް މުވައްޒަފުންނާއި މަސްވަރާކޮށް ފްލެޓްތަކުގެ އަގުގެ ގޮތުގައި ނަގަނީ 623 މިލިއަން ރުފިޔާ ކަމަށާއި ބާކީ ބަޔަކީ ސްޓެލްކޯ އިން ދައްކާނެ ފައިސާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މުވައްޒަފުން އަތުން އަގުގެ ގޮތުގައި ނަގާ 623 މިލިއަންގެ ތެރެއިން 20 ޕަސެންޓްގެ ގޮތުގައި ނެގިފައިވަނީ 114 މިލިއަން ރުފިޔާ ކަމުގައެވެ. ބާކީ 509 މިލިއަން ރުފިޔާ  ބޭންކެއްގައި ނުވަތަ ފައިނޭންޝަލް އިންސްޓްޓިއުޓެއްގައި އިންވެސްޓް ކޮށް އިންޓްރެސްޓް ލިބޭ ގޮތަށް ބަހައްޓައިފިނަމަ ސްޓެލްކޯ އަށް 12 ޕަސެންޓް އިންޓްރެސްޓާ އެކު އަހަރެއްގެ މައްޗަށް 61 މިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

18 އަހަރަށް ސްޓެލްކޯގެ ފްލެޓްތަކުން 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމުގައި ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ސްޓެލްކޯގެ ސްޓާފުންނަށް ސަރުކާރުން ދެއްވި އިހްތިޔާރެއްގެ ގޮތުގައި އެއަދަދު ސްޓެލްކޯގެ މުވައްޒަފުން ބޭންކަށް ދެއްކުމުގެ ބަދަލުގައި ކުންފުންނަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯއިން ފްލެޓް ލިބުން މުވައްޒަފުން 18 އަހަރުދުވަސް ތެރޭގައި 509 މިލިއަން ރުފިޔާ ކުންފުންޏަށް ދައްކާގޮތަށް ކަނޑައަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ފައިސާ އެނޫންގޮތަކަށް ބޭންކަށް ގޮސްގެން ހައުސިން ސްކީމެއްގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް އެ ލޯނު ދައްކަން ޖެހޭނަމަ އެޕާޓްމެންޓް ލިބުނު ސްޓާފުންގެ ތެރެއިން 60 ޕަސެންޓް ސްޓާފުން (203 ) ސްޓާފަކަށް ލޯނު ނުލިބުނީސް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ޝަރީފް ވިދާޅުވީ ޝަރުތުހަމަނުވާނެތީ ސަރުކާރުން ވެދެއްވި އެހީތެރިކަމަކީ 203 ފަރާތެއްގެ އާއިލާ އަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ލޯނަކަށް ގޮސްފިނަމަ އެލޯނު ނުލިބޭނެ ކަން ޔަގީންވާތީ ސްޓެލްކޯގެ ފަރާތުން ލޯނު ކަވަރުކުރުމަށް ނިންމާފައިވާ ކަމެއްކަމުގައި ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ސްޓެލްކޯގެ މުވައްޒަފަކު ބޭންކަކަށް ގޮސްފިނަމަ 18 އަހަރުގެ ތެރޭގައި ސިންގަލް ބެޑްރޫމްގެ އެޕާޓްމެންޓެއްގެ އަގު 5.8 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ސްޓެލްކޯ އަށް އެމުއްދަތުގެ ތެރޭގައި ދައްކާނީ 2.1 މިލިއަން ރުފިޔާކަމަށް ޝަރީފް ވިދާޅުވިއެވެ. އެ އަދަދަކީ 3.7 މިލިއަން ރުފިޔާގެ ސޭވިން އެއް ކަމަށާއި ސަރުކާރުން ސްޓެލްކޯ މެދުވެރިކޮށް އެކަން އެގޮތަށް ހަމަޖައްސަވައި ނިންމަވައިދީފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

2 ރޫމް އެޕާޓްމެންޓެއް ނުވަތަ 2 ޕްލަސް 1 ގެ އެޕާޓްމެންޓެއް ބޭންކް ލޯނަކަށް ގޮސްގެން 18 އަހަރުގެ ތެރޭގައި 12 ޕަސެންޓްގެ އިންޓްރެސްޓާއެކު 10.6 މިލިއަން ރުފިޔާ ދައްކަންޖެހޭނެ ކަމުގައި ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ސްޓެލްކޯ އިން 18 އަހަރުދުވަހުގެ ތެރޭގައި 3.7 މިލިއަން ރުފިޔާ  ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ ސަބަބުން 6.1 މިލިއަން ރުފިޔާ ސްޓެލްކޯގެ މުވައްޒަފުންނަށް އެ މުއްދަތުގެ ތެރޭގައި ސޭވް ކުރެވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި އެކަމަކީ ސްޓެލްކޯގެ ބޯހިޔާވަހިކަމުގެ ފްލެޓްތައް ލިބުނު ފަރާތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭ ކަމެއް ކަމުގައި ޝަރީފް ވިދާޅުވިއެވެ. އެކަމުގެ ބަދަލުގައި އިހްލާސްތެރިކަމާއެކު ހިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ދިނުމަކީ ސްޓެލްކޯގެ މެނޭޖްމެންޓްގެ ފަރާތުން ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިން އެންމެ ބޭނުންވާ ކަންތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ހައުސިންގ މަޝްރޫއު ގާއިމްކޮށްދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެކުންފުނީގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމެންޓްގެ ނަމުގައި ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: