ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ފްލެޓްތަކުގެ ތަޅުދަނޑި މުވައްޒަފުންނާއި ހަވާލުކޮށްފި

ހުޅުމާލެ ފޭސް 2.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތް ކުރި ފްލެޓްތަކުގެ ތަޅުދަނޑި މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރީ ސްޓެލްކޯގެ ޓަވަރުތައް ކައިރީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނިމިގެން ދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓް އަޅަން ކުންފުނިތަކަށް ހުޅުވާލުމުން ސްޓެލްކޯއިން ވަނީ ދެ ޓަވަރު އިމާރާތްކޮށްފައެވެ. ދެ ޓަވަރުގައި 360 އެޕާޓްމަންޓް ހިމެނޭ އިރު އެއް ކޮޓަރީގެ 72 އެޕާޓްމަންޓަށާއި ދެ ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓް ހިމެނެއެވެ.

މިއަދު ތަޅުދަނޑި ހަވާލުކުރީ 328 އެޕާޓްމަންޓެއްގެއެވެ. ބާކީ ހުރި 32 އެޕާޓްމަންޓް ލިބޭ ފަރާތްތައް ވަރަށް އަވަހަށް ގުރުއަތު ނަގައި ފްލެޓްތައް ހަވާލުކުރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ފެނާއި ކަރަންޓު ގުޅައި ސްޓެލްކޯގެ ފްލެޓްތަކުގެ ހުރިހާ މަސައްކަތްތަކެއް މިދިޔަ މަހު ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: