ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ނަގާފައި އެންމެ ގިނަ ގޭންގު އޮތީ އައްޑޫގައި: ފުލުހުން

މިނިވަން ކުރޭގެ ނަމުގައި އި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ފިޔަވާ އެންމެ ގިނަ ގޭންގު ނިސްބަތްވަނީ އައްޑޫއަށްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިފަދައިން ބުނެފައިވަނީ ލ ގަމުގައި ކުރިއަށްދާ ”ވިޔަވަތި ރާއްޖެ“ ކޮންފަރެންސްގައި އެ އިދާރާއިން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައެވެ.

ފުލުހުން ބުނި ގޮތުގައި ދެކުނުގައި އޮތް 31 ގޭންގުގެ ތެރެއިން ކުށުގެ ވެށީގައި ހަރަކާތްތެރިވަނީ 20 ގޭންގެވެ. ފުލުހުން ބުނި ގޮތުގައި މި 31 ގޭންގުގެ ތެރެއިން އެންމެ ގިނަ ގޭންގު ނިސްބަތްވަނީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވާ އައްޑޫއަށެވެ. އެ ސިޓީގައި ޖުމްލަ 13 ގޭންގެއް އޮންނަ ކަމަށާއި، އެއިން 9 ގޭންގަކީ ކުށުގެ ވެށީގައި ހަރަކާތްތެރި ގޭންގުތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުވައްމުލަކު ސިޓީގައި 8 ގޭންގެއް އޮންނައިރު އެއިން 3 ގޭންގަކީ ކުށުގެ ވެށީގައި މިހާރުވެސް ހަރަކާތްތެރިވާ ގޭންގުތައް ކަމަށް ފުލުހުން ބުނިއިރު، ގދ ތިނަދޫގައި 1 ގޭންގު އަދި ގއ ވިލިނގިލީގައި އެއް ގޭންގު އޮވެއެވެ. ތ ތިމަރަފުށީގައި 2 ގޭންގު އޮންނައިރު ފުލުހުން ބުނި ގޮތުގައި ލ ގަމުގައި ފަސް ގޭންގެއް އޮވެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ދެކުނުގެ އަތޮޅުގައި އުފެދިފައިވާ 31 ގޭންގުގައި 700 މީހުން އުޅެއެވެ. މި އަދަދާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ އައްޑޫ ސިޓީގެ ގޭންގުތަކުގައި 250 މީހުން އުޅޭކަމަށާއި ފުވައްމުލަކުން ގޭންގުތަކުގައި 160 މީހުންނާއި، ގދ.އަތޮޅުގެ ގޭންގުތަކުގައި 223 މީހުން އަދި ގއ.އަތޮޅުގައި 112 މީހުން ދ.އަތޮޅުގައި 15 މީހުންނާއި ތ.އަތޮޅުގައި 103 މީހުން ގޭންގުތަކުގައި އުޅޭކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކުގެ ގޭންގުތަކުގައި 100 އަށްވުރެ ގިނަ ކުޑަކުދިން އުޅެއެވެ.

ގޭންގުތަކުގެ މައުލޫމާތު ފުލުހުންނަށް ލިބި، އެ މައުލޫމާތު ހިއްސާ ކުރި ނަމަވެސް ގޭންގުތައް ހުއްޓުވުމުގެ މަސައްކަތުގައި ފުލުހުންނަށް އެކަށީގެންވާ ކާމިޔާބުނުލިބޭތީ އާންމުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: