ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫނުގައި ރޫޖެހޭތީ ބޭނުންކުރާ ބޭހެއްގެ ފޭކު ދައުރުވާތީ ސަމާލުވާން އެދެފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މޫނުގައި ހުންނަ ރޫ ފިލުވުމަށް ބޭނުންކުރާ ޚާއްސަ ބޭހެއް ކަމަށްވާ ޑިސްޕޯޓްގެ ސައްހަ ނޫން ބެޗްތަކެއް ބައެއް ގައުމުތަކުގައި ދައުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ބަޔާނުގައިވަނީ “ސާވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސް“އަށް ދޭ މި ބޭހުގެ ފޭކު ބެޗު އުރުދުން އާއި, އިނގިރޭސިވިލާތާއި, ތުރުކީއާއި, ކުވެއިތާއި, ޕޮލެންޑުގައި ދައުރުވަމުން އަންނަ ކަމަށެވެ.އަދި މި ބޭހަކީ  ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރޭގައި “ޕްރީ އޮތޮރައިޒޭޝަން“ ނަގައިގެން އިމްޕޯޓްކުރެވޭ ބޭހެއް ކަމަށާއި, ނަމަވެސް މިހާތަނަށް މި ބޭސް އެ ގޮތަށް އެތެރެކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުން ނުވަތަ އަމިއްލައަށް މި ބޭސް އެތެރެކޮށްފައިވާނަމަ, މި ބޭސް ގަތުމުގައި ސައްހަ ނޫން ބެޗުތަކަށް ސަމާލުވާންޖެހޭ ކަމަށެވެ.

އަދި ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް, ހާއްސަ ސަމާލުކަމެއްދީގެން ވިޔަފާރި ބަނދަރުތަކުގައި ބަލާ ފާސްކުރާނެކަމަށް ވެސް ޑްރަގް އޮތޯރިޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: