ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާޔާ ނަބީލު އަނެއްކާވެސް ހައްޔަރުކޮށްފި!

މުހައްމަދު ނަބީލް (ޔާޔަ ލޫސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރަމުންދާ މުހައްމަދު ނަބީލު ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފާއިތުވި އޯގަސްޓު މަހުގެ ތެރޭގައި މީސްމީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އަންހެން ހެދުން އަޅައިގެން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައެއްގައި ނަބީލު ވަނީ މީގެ ކުރިންވެސް ހައްޔަރުކޮށްފައެވެ. ނަބީލު ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އޭނާ މިނިވަންކުރިއެވެ.

އެ މައްސަލާގައި އޭނާ ދޫކޮށްލާފައިވަނީ ހިނގަމުންދާ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލަން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފުލުހުން ފާހަގަކުރި ނަމަވެސް އޭނާއަށް ތުހުމަތުވާ ކުށުގެ ބާވަތަށް ބަލާއިރު އޭނާގެ ކިބައިން އެހެން މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތްކަމަށެވެ.

އޭނާގެ ފަރާތުން އެހެން މީހަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އޭނާއަށް އާންމުންގެ ފަރާތުން ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތުމަކީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ކުރިމިނަލް ކޯޓުން ނިންމުމުގައިވެއެވެ. އަދި ނަބީލުގެ ފޯނުގެ ޕާސްވޯޑު ދިނުމަށް އޭނާ ދެކޮޅުހަދާތީ އޭނާއަކީ ތަހުގީގަށް އެއްބާރުލުން ނުދޭ މީހެއް ކަމަށާއި އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު އޮތްކަން ފުލުހުން ފާހަގަކުރިއެވެ. ކްރިމިނަލް ކޯޓުން ބުނީ ފޯނުގެ ޕާސްވޯޑް ނުދިނުމާ މީހަކު ފިލައިގެން ދިއުމަކީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށައި އެއީ ފިލާފާނެ ސަބަބެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އޭނާ މީސް މީޑިއާގައި ލައިވް ކުރާ ކަންކަން ބަލާ ހުރިހާ ފަރާތްތަކެއް އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

މިއީ ނަބީލް ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ދެވަނަ ފަހަރެވެ. ބަރަހަނާ ވީޑިއޯއެއް އާއްމުކުރި މައްސަލައިގައި މިދިޔަ އަހަރު ވެސް އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ ސޯޝަލް މީޑިއާގައި ދެ މަސް ދުވަސް ވަންދެން ޕޯސްޓު ނުކުރުމަށް ޝަރުތުކޮށްފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 23%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 73%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މީހަކަށް ގެއްލުމެއްވަނީ އޭނާގެ ގައިގަ ޖަހަގެނެއް ނޫނެވެ. އޭނާގެ ދަރިފަސްކޮޅަށް އެކަމެއްގެ ސަބަބުން ކުރާ ނޭދެވޭ އަސަރަކީ އޭނާގެ ދިރިއުޅުމަށް ކުރާނެ އެންމެ ނޭދެވޭ އަސާރެވެ. މީހާރު މިއޮތީ ސަދޫމުގެ ހުކުމް ދޯ.. އިންސާފަށް ކަންކަން ނިންމުމުގަ.

  2. ކޮމެންޓްތައްވެސް ތަންކޮޅެއް ރީތިކޮށްފެންނަ ވަރަށް ބޮޑުކޮށްލަ ދެވޭނެތަ ސަންގު ނޫސް ޕްލީސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: