ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ އެމްއެންޔޫއިން ފޮތް މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޔޫއިން ބުނެފައިވާގޮތުން، އެ ޔުނިވާރސިޓީއިން އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޔޫ ފޮތް މައުރަޒުގެ ނަމުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އެ ޔުނިވާރސިޓީގެ އިދާރީ މަރުކަޒުގައި މެންދުރު 14:00 ރޭގަނޑު 22:00 އާއި ދެމެދުއެވެ.
އެމްއެންޔޫއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޮތް މައުރަޒުގައި ދިވެހި ލިއުންތެރިން އެކި ބަސް ބަހުން ލިޔެފައިވާ ފޮތްތައް މައުރަޒުގެ ބައިވެރިންނަށް ތަޖުރިބާކޮށްލުމަށް ފުރުސަތު ހުޅުވާލާނެއެވެ. އަދި މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންގެ އިތުރުން ގަންނަ މީހުންނަށްވެސް ހާއްސަ ކުރެވިފައިވާ މައުރަޒެއްކަމަށް އެ ޔުނިވާރސިޓީއިން ބުނެފައިވެއެވެ.
މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ކުރިން އިންޓަރނެޓު މެދުވެރިކޮށް ބައިވެރިވުމަށް ޝައުގުހުރިކަން ޔުނިވާރސިޓީއަށް އެންގުމަށް އެމްއެންޔޫއިންވަނީ އެދިފައެވެ.
އެމްއެންޔޫގެ ފޮތް މައުރަޒުގައި ބައިވެރިވުމަށް ޝައުގު ހުރި ފަރާތްތައް މި ލިންކު ބޭނުންކޮށްގެން ބައިވެރިވެވޭނެއެވެ:
ލިންކު: https://bit.ly/3eMfOXq

