“ވޯލްޑް ކްލީން އަޕް ޑޭ“ އާއި ގުޅިގެން “ދުނިޔެ މަގޭ ކެމްޕޭނުގެ“ ނަމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީން) ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެޗްޑީސީން ނެރެފައިވާ ބަޔާނުގައިވަނީ، 17 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު މި ހަރަކާތްބޭއްވުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ. އަދި މި ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނ ިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ޖޫން މަހު ތަޢާރަފް ކޮށްފައިވާ ކެމްޕޭނެއްކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، މި ކެމްޕޭނުގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ހުޅުމާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެތަނުގައި ދިރިއުޅޭ އެއްމެންގެ އެއްބާރުލުން ބޭނުންވާނެކަމަށް އެޗްޑީސީން ވަނީ ބުންފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް “ވޯލްޑް ކްލީން އަޕްޑޭ“އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.އެގޮތުން މިފަހަރު މި ބާއްވާ ސާފުކުރު ުގެ ހަރަކާތް ވެގެންދާނީ މާލެ ސަރަހައްދުގައި ކުރިއަށްގެންދެވޭ އެއްމެ ބޮޑު ސާފުކުރުމުގެ ހަރަކާތަށެވެ.

