ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބާއްވަން ނިންމައިފި އެވެ.
ސީދާ ދަތުރުތައް ލަންޑަންގެ ހީތްރޯ އެއަރ ޕޯޓް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 14 ގައި ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
ބްރިޓިސް އެއަރވޭސްގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު ހަތަރު ފްލައިޓް މާލެ އާއި ލަންޑަނާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބްރިޓިޝް އެއާވޭސް އިން ބުނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަތުރުކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފެށިގެން ގޮސްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ.

