ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުން ހޯދި ކުރިއެރުންތަކާއި އެކު، މިއީ އިގްތިސާދީ މައި އެއް ލޭނާރު: މައުމޫން

އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމަކީ ލޭނާރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މަސްވެރިކަމަކީ ރާއްޖޭގެ މައި ލޭނާރުކަމުގައި މީގެ 40 އަހަރު ކުރިން ވިދާޅި ފަދައިން ފަތުރުވެރިކަމަކީވެސް މިއަދު ރާއްޖޭގެ އިގްތިސާދަށް މުހިއްމު ދާއިރާއެއް ކަމަށެވެ. އަދި އެ ދާއިރާ އަކީވެސް މަސްވެރިކަމާ އެއްފަދަ މައި ލޭނާރެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މި އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަސް ސަރުކާރުން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

މިދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން އާއްމުންގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުންނާއި އިދިކޮޅުން ގެންދަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން މިއަދު ސަރުކާރު ބަންދު ނަމަވެސް ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ޑިއުޓީއަށް ނިކުމެ ބުރަ މަސައްކަތް ކުރަމުންދާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުން ދިވެހި ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: