ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. މާކުރަތު ކައުންސިލާއި އ.ތ.މ. ކޮމެޓީއާ މުއައްސަސާތަކުގެ ވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރ. މާކުރަތު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ބަނދަރުގެ މަޝްރޫއު ކުރިޔަށްދާއިރު ގެންނަން ބޭނުންވާ ބަދަލުތަކާއި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރަން ބޭނުންވާކަމަށާއި ޞިއްޙީ މަރުކަޒުގެ ވަޞީލަތްތައް އިތުރުކޮށް ޚިދުމަތްދޭ ގަޑި އިތުރުކުރަން ބޭނުންވާކަމާއި އަދި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް އަވަހަށް ޤާއިމުކުރަން ބޭނުންވާކަމާއި އަދި ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ އިތުރު ކަންކަން މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މާކުރަތު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މާކުރަތުގެ މުއައްސަސާތަކުން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި މިހާރުވެސް ސްކޫލުގައި ތަރައްޤީކުރަމުންދާ ކްލާސްރޫމުތައް ހިމެނޭ އިމާރާތުގެ އިތުރުން މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން ފާހަގަކުރިއެވެ. މީގެ އިތުރުން ޓީޗަރުން ލިބުމުގައި ކުރިމަތިވާ ދަތިތަކާއި ޚާއްޞަކޮށް ސެންޓީޗަރުން ހޯދުމަށް ކުރިމަތިވާ ދަތިތައް
މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާކުރަތުގެ ތަރައްޤީއަށް ކުރިއަށްދާ މުހިންމު ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި އެ މަޝްރޫޢުތަކާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރަށަށް ފައިދާހުރި ކަންކަމުގައި ހުރިހާ ފަރާތްތައް ގުޅިގެން އެކުވެރިކަމާއެކު ކުރިޔަށް ދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާކުރަތު ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވައި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވައި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: