ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތު އަލުން ފަރުމާ ކުރަންޖެހޭ: ވޯލްޑް ބެންކް

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުގައި އެޅުމަށް ނިންމާފައިވާ 1،575 ހައުސިންގު ޔުނިޓުތަކުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނެވިދާނެކަން ސާފު ނުވާކަމަށް ވޯލްޑް ބޭންކް އިން ބުނެފިއެވެ.

ދުނިޔޭގެ މާލީ ވުޒާރާއެއްކަމަށްވާ ވޯލްޑް ބޭންކް އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، އެކި ބޭނުންތަކުގައި އަތޮޅުތަކުގެ ރައްވެހިން ރާއްޖެގެ ވެރިރަށް މާލެއަށް ހިޖުރަ ކުރަމުންދިއުމާއި އެކު 2022 ވަނަ އަހަރުގެ ތެރޭގައި އަތޮޅު ތަކުގައި އެޅުމަށް ނިންމާފައިވާ 1،575 ޔުނިޓުތައް ހުސްކޮށް ހުރެދާނެ ފުރުސަތު އޮވެއެވެ. އެހެންކަމުން އެ މަޝްރޫޢުއިން ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެ ލިބޭނެކަން ސާފުނުވާކަމަށް ވޯލްޑް ބޭންކް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ވޯލްޑް ބޭންކް އިން ބުނެފައިވާގޮތުން، ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅެމުންދާ ލާމަރުކަޒީ އުސޫލުގެ ދަށުން ފަރުމާކޮށްފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއިމެދު އަލުން ވިސްނަން ޖެހިފައިވާކަމަށެވެ. އަދި އެ ސިޔާސަތު ފަރުމާ ކުރެވެންވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިންކަމަށްވެސް ވޯލްޑް ބެންކް އިން ފާހަގަކޮށްފައިވެއެވެ.

ބޯހިޔާވަހިކަމު މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، ސަރުކާރުތަކުން ރައްޔިތުންނަށް ވާ އެންމެ ބޮޑު ވައުދަކީ ވެސް މިއީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: