ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަށް އަލީ ޒާހިރުގެ ރައްދު: މަނިކުފާނަށް ޝައުގުވެރިކަމެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެވެ.

އިދިކޮޅުގެ ކޮންގްރެސް ކޯލިޝަނުން ހއ ބާރަށުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއް ވާހަކަދައްކަވަމުން ރައީސް ޔާމީންވަނީ، އެމަނިކުފާނުގެ ޝަރީއަތުގެ ކަންކަމާއިމެދު ރައީސް ސާލިހުގެ ސަރުކާރުން ކަންބޮޑުވާކަމަށް ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ދާ ގޮތް ބައްލަވަމުންދާކަމަށެވެ. އަދި ”އިރު އިރުކޮޅާ“ އެކަން ކުރައްވަނީ ކޮންމެވެސް ސަބަބެއް އޮވެގެންކަމަށް އެމަނިކުފާނުވަނީ އިޝާރާތްކުރައްވާފައެވެ.

ރައީސް ޔާމީންގެ ފާޑުކިޔުންތަކަށް އަލީ ޒާހިރު ވަނީ ރައްދު ދެއްްވާފައެވެ. އެނާ ވިދާޅުވީ އެނާ އަކީ، ރައީސް ޔާމީން އަށް ޝައުގުވެރިކަމެއް ގެންގުޅުއްވާ ބޭފުޅެއް ނޫންކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ޝަރީއަތުގެ ކަންކަން ހުރި ގޮތާއިމެދު އެއްވެސް ޝައުގުވެރިކަމެއް ނުގެންގުޅުއްވާކަމަށާއި އެ ޝަރީއަތަކީ ޔޫޓިއުބް ވަގުތުން ބްރޯޑް ކާސްޓު ކުރާ ޝަރީއަތެއް ނަމަވެސް އެ ކަމަށް ޝައުގުވެރިކަމެއް ދެއްވާނެ ވަގުތެއް އެނާއަށް ނުލިބޭކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންވަނީ އެމަނިިކުފާނަކީ އެމްއެމްޕީއާރްސީ ހިޔާނާތުން މަންފާއެއް ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލާފައިކަމަށް އިޝާރާތްކުރައްވާ އެމަނިކުފާނުވަނީ އެމްޑީޕީއިން ޕީޕީއެމްއަށް ބަދަލުވާ މެމްބަރުންވެސް އެކަންކަން ދެމެހެއްޓުމަށް ގަދަ އަޅައި މަސައްކަތްކުރެއްވުމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: