ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީރަށް ކިޔޭނުކިޔޭވެސް ނޭނގޭ: ރައީސް ޔާމީން

ރައީސް ޔާމީން ދިއްދޫގައި: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދައްކަވާ ވާހަކަތައް އެނާއަށްވެސް ސާފު ނުވާކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހއ ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން، އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދުމަށް ރައްޔިތުން ގާތުގައި ދައްކަމުންދާ ވާހަކައަކީ، ކުރިއަށް އޮތް އަހަރުތަކަށް ކަންކަން ރާވާފައިވާ ކަންކަމުގެ ވާހަކަ ކަމަށެވެ.

ރައީސް ޔާމީން ވަނީ ފިނޭންސް މިނިސްޓަރު އަމީރަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން މިނިސްޓަރު އަމީރު ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދަރަނި އަދާ ކުރުމުގައި ދަތިތަކެއް ނެތްކަމަށް މިނިސްޓަރު އަމީރު ފާހަގަކުރައްވާފައިވާކަމަށެވެ. އެހެން ނަމަވެސް އެ ދަރަނިތައް އަދާ ކުރުމަށް މަގުޗާޓެއް އެކުލަވާލާނީ 2023 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވާކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ބުނަމުންދަނީ ދެވަނަ ދައުރެއް ދިނުމަށާއި ކޮންމެ ފަދަ އަމަލުތަކެއް ހިންގި ނަމަވެސް އަޅާ ނުލުމަށް ކަމަށެވެ. އަދި މިނިސްޓަރ އަމީރަކީ ”ފައްކާ“ ވާހަކަދައްކަވާ ބޭފުޅެއްކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަށް ގޮސްފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް އެ ވާހަކަ ގަބޫލު ނުކުރެވޭކަމަށެވެ. އަދި މިނިސްޓަރު އަމީރު ދައްކަވަނީ ”ބޭކާރު“ ވާހަކަ ކަމަށާއި އެނާއަށް ދެއްކޭ ވާހަކަތައްވެސް ނޭގޭކަމަށް ފާހަގަކުރައްވާ އެ ކަންކަން ތަފާސް ހިސާބުތަކުން ފެންނަން ނެތް ސަބަބާއިމެދު ރައީސް ޔާމީންވަނީ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަގަ ޔާމީނޫ، ތިބޭފުޅާއަށް އެނގޭތެ ދެއްކޭ ނުދެއްކޭ ވާހަކައެއް؟ މާދަންނަބޭކަލަކަށް ހެދިގެން ރައްޔިތުން ކުރިމައްޗަށް އަރާހުރެ ތިދައްކަނީ މާމުޑުދާރު ވާހަކަ. ތީހަމަ ފައްކާ ރޯނު އެދުރެއް…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: