ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަފާ ކުރާ ވަރަށް ވުރެ އެތެރޭގެ ދަރަނި 59.4 އިންސައްތަ އިތުރުވެދާނެ: އެމްއެމްއޭ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައި ހިމަނާފައިވާ ބޭރު ފަރާތްތަކުގެ އަތުން ހޯދާ ފައިސާގެ އަދަދުތައް މީގެ ކުރީ އަހަރުތަކަށް ބެލުމުން ލަފާ ކުރެވޭ މިންވަރަށް ހަމަނުޖެއްސޭކަން އިނގިގެންދާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓާއި ގުޅިގެން އަރުވާފައިވާ ލަފާގައިވާގޮތުން، 2023 ވަނަ އަހަރުގެ ސަރުކާރުގެ ޑެފެސިޓް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ބޭރު ފަރާތްތަކުގެ އަތުން ހޯދުމަށް ހަމަޖެހިފައިވާ 6.4 ބިލިއަން އަދި ޑޮމެސްޓިކް މާކެޓުން ހޯދުމަށް ހަމަޖެހިފައިވާ 4.7 ބިލިއަން ރުފިޔާއިންކަމަށެވެ.

އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުގައިވެސް ލަފާ ކުރެވިފައިވާ އަދަދަށް ބޭރު ފަރާތްތަކުގެ އަތުން ފައިނޭންސް ހަމަޖެހިފައިނުވާކަމަށްވުމުން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމައްޓަކައި ޑޮމެސްޓިކް މާކެޓުން ލިބޭ ފައިސާތަކަށް ބަރޯސާ ވާ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އަދި ލަފާ ކުރެވިފައިވާ އަދަދަށްވުރެ ބޭރުން ފިނޭންސިންގް ލިބެނީ އެވަރެޖްކޮށް 2.1 ބިލިއަން ރުފިޔާ މަދުންކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭ އިން ބުނެފައިވާގޮތުން 2023 ވަނަ އަހަރު ބޭރު ފައިނޭންސްތައް ހޯދުމަށް ހިރާސްތަކެއް އެބަހުރިއެވެ. އެހެންކަމުން ޑޮމެސްޓިކް މާކެޓުން އެ ފައިސާ ހޯދަން ޖެހޭނެކަމަށްވީނަމަވެސް ވިޔަފާރި ބެންކުތަކުގެ ލިކުއިޑިޓީ ހުރި މިންވަރު ދައްވުމުންނާއި ޓީބިލުގައި އިންވެސްޓުކޮށްފައިވުމުން އެ މާކެޓުންވެސް ފައިސާ ހޯދުމަށް ދަތިވެދާނެކަމަށް ފާހަގަކުރާކަމަށް އެ މުވައްސަސާއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނެފައިވާގޮތުން އަންދާޒާ ކުރާ ވަރަށްވުރެ ދައުލަތުގެ ޑެފެސިޓް އިތުރުވެއްޖެނަމަ ދައުލަތުގެ ދަރަނިވެސް ބޮޑުވެގެންދާނެއެވެ. އަދި ލަފާ ކުރާ ގޮތަށް ފިނޭންސް ހަމަނުޖެއްހިއްޖެ ނަމަ އެތެރޭގެ ދަރަނިތައް މިހާރު އަންދާޒާ ކުރާ ވަރަށްވުރެ 59.4 އިންސައްތައް އިތުރުވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: