ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިތުރު މުވައްޒަފުންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.
އޭސީސީއަށް އާއްމު ފަރާތަކުން ހުށައަޅާފައިވާ މައްސަލައިގައި ނަހުލާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީ އެކަމުން މާލީ މަންފާ ހޯދަމުންދާ ކަމަށެވެ.
ނަހުލާގެ އިތުރުން މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދުވެސް ޝާމިލް ވާކަމަށް މައްސަލައިގައި ވަނީ ބުނެފައެވެ.
އޭސީސީއަށް ނަހުލާ އާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި 57 އުޅަނދު ރަޖިސްޓްރީކޮށްދިނުމުގައި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަން ހާމަކޮށްދޭ ރިޕޯޓެއްވެސް ވަނީ ހުށައަޅާފައެވެ.
ގަވާއިދާ ހިލާފަށް ރަިޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކޮށްދިނުމުގައި ނާޖައިޒު ގޮތުގައި ބޭނުންކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ނަހުލާއަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެންޓްރީ ކުރުމަކާ ނުލައި ބަލައިގަނެ ޖަވާބު ދިނުމާއި ނުލައި ސިއްރިއްޔާތުގައި އުޅަނދުތައް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އުޅަނދުތަައް ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް އެސިސްޓެންޓް ޑިރެކްޓަރު ކޮށްދޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮންމެ ހިދުމަތަކާއެކު ހުށައަޅާ ފޯމުގައި ނަހުލާ ހުއްދަދީގެން ކަން އެންގުމުގެ ގޮތުން ކޮންމެ ފޯމެއްގެ އަރިމަތީގައި ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާ ކަމަށް ލިޔެފައިވާ ކަމަށްވެސް އޭސީސީ އަށް ހުށައެޅުނު މައްސަލައިގައި ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓަރަށް ހުށަހަޅާ ސިޓީ ތަކުގައި އެކުންފުނީގެ ތައްގަނޑު ޖަހާފައިވާ ކަމަށް ވެސް މައްސަލައިގައި ވަނީ ބުނެފައެވެ.


One Response
ކޮބާތަ ޔައުގޫބު؟ހީވޭ ކަމެންހެން.މަ މިއާއު ވަގެ ހިފަންނަން.މަޓެ އެގެންނެއި ވަގެ ހިފަންނަން.