ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގެ ކަރަންޓުގެ އަގު ހެޔޮކޮށް ޖޫންގެ ނިޔަލަށް މާލޭގެ އަގުތަކާ އެއްހަމަ ކުރަން ކޮމިޓީން ފާސްކޮށްފި

އެސްއޯއީ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓު ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީން ނިންމައިފިއެވެ.

އެސްއޯއީ ކޮމިޓީން ނިންމާފައި ވަނީ ސްޓެލްކޯއިން މާލޭގެ ސަރަހައްދަށް ކަރަންޓު ދިނުމަށް އަގު ނަގާ ރޭޓާއި ފެނަކައިން ރާއްޖޭގެ ރަށްތަކުގައި ކަރަންޓަށް ނަގާ އަގު ހަމަަހަމަ ކުރުމަށް ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށެވެ. ރައްޔިތުންގެ މަޖިލީހަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅި ގަރާރުގައި ވަނީ، ރަށްތަކުގައި ކަރަންޓަށް ބިލު ކުރާ އަގުތައް މާލެއާއި އަޅާބަލައި ބޮޑުކަމުގެ ޝަކުވާ ވިޔަފާރިތަކުން ފަރާތުން ލިބެމުންދާ ކަމަށެވެ.

ޝިޔާން ގަރާރާއި އެކު ހުށަހެޅި ލިސްޓުގައި ވާގޮތުން، 200 އުނިޓާއި 300 ޔުނިޓާއި ދެމެދުގެ މިންވަރަކަށް ކަރަންޓު ބޭނުބްކުރާ ނަމަ މޭލޭގައި ނަގަނީ ޔުނިޓަކަށް 3.65 ރާލި ނަމަވެސް ފެނަކައިން ހިދުމަތް ދޭ ރަށްތަކުގައި އެ ކުންފުނިން 06 ރުފިޔާ ނަގަމުން ދާ ކަމަށެވެ. އަދި ފެނަކައިން 100 ޔުނިޓާއި 200 ޔުނިޓާއި ދެމެދުގެ ބޭންޑަށް 3.75 ލާރި ނެގި ނަމަވެސް މާލޭގެ އަގު ހުރީ 3.35 ގައި ކަމަށެވެ.

ގަރާރުގެ މަސައްކަތް ކޮމިޓީގައި ކުރިޔަށް ގެންދިޔައީ، ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ ލަފާ ހޯދައިގެންނެވެ. އޭގެ އިތުރުން އެސްއޯއީ ކޮމިޓީން މައްސަލައިގައި އެންވައިރޮމެންޓް މިނިސްޓްރީ އާއި ވެސް ބައްދަލު ކުރި އެވެ.

ކޮމިޓީގައި ވާހަކަ ދެއްކިއިރު، ފެނަކައިން ބުނީ މާލެއާއި އަތޮޅުތަކުގެ އަގުތައް އެއް ހަމަކުރުމުން އަހަރެއްގެ މައްޗަށް ކުންފުންޏަށް ލިބޭ ގެއްލުން 40 މިލިއަނަށް އަރާނެ ކަމަށެވެ. އަދި މިއީ ޔޫޓިލިޓީ ކުންފުނިތަކަށް ވެސް ލިބޭނެ އިޔާދަ ނުކުރެވޭނެ ވަރުގެއް ގެއްލުމެއްކަމަށް ވަނީ ބުނެފަ އެވެ. އެކަމަށް ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ މާލެއާއި ބަލައި ރަށްތަކުގައި ސަރުކާރުގެ އިމާރާތް އަދި އޮފީސްތައް ވަރަށް ބޮޑުތަނުން މަދުކަމަށެވެ. އެހެންކަމުން ގޭބިސީތަކުން ނުއަގުގައި، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދީގެން ލިބޭ ގެއްލުން ދެކޮޅު ޖެއްސުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެކަމަށް ފާހަގަކުރި އެވެ.

ކޮމިޓީން ނިންމާފައި ވަނީ ތިން ހުށަހެޅުމެއް، ހުށަހެޅުމަށެވެ. ސީދާ ޓްރެފިކަށް ކުރާ އަސަރު ދެނެގަނެ، ކަަރަންޓުގެ ހިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް، ފުރިހަމަ ޓްރެފިކް ވިއުއެއް ހެދުމަށް އަންގައި މާލެއާއި ރަށްތަކުގައި ހިންގާ ވިޔަފާރިތަކުގެ ޓްރެފިކް ރޭޓުތައް އެކި ގިންތިތަކަށް އެއް ހަމަކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހަށް ނިންމުމާއި ކަރަންޓު ދިނުމަށް ބޭނުން ކުރާ ސިސްޓަމްތަކުގެ އެފިޝަންސީ އިތުރުކޮށްގެންނާއި، ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންނާއި، ޑީސަލްގެ ހަރަދުތައް ކުޑަކޮށް އިޔާދަ ކުރުވަނީ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތް ކުރުމަށް އެންގުމެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބިލު ކުރަމުންދާ، އަގުތަކުގައި ހުރި ތަފާތު ކުރުންތައް އެއްހަމަ ކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެންގުމަށް ލަފާ ދިނުމަށް ވަނީ ފާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: