ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓާއިމެދު ދެކެވެމުންދާ ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް ނެތް: އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުން ފާސްކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓާއިމެދު ދެކެވެމުންދާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި 2023 ވަނަ އަހަރުގެ ބަޖެޓާއިމެދު ވާހަކަދައްކަވަމުން އަހުމަދުވަނީ ބަޖެޓާއިމެދު ނޭދެވޭ ވާހަކަތައް ދައްކަވަނީ ކޮންމެ ބޭފުޅެއް ނަމަވެސް، އެ ދެކެވެމުންދާ ވާހަކަތަކުގެ ފަހަތުގައި އެކަށީގެންވާ ވަރުގެ އަސްލެއް ނެތްކަމަށެވެ.

އަހުމަދު ވިދާޅުވީ، ބަޖެޓާއި ގުޅޭ ހުރިހާ މައުލޫމާތުތަކަކީ ބަޖެޓު ފޮތް މެދުވެރިކޮށް އެންމެހާ ރައްޔިތުންނަށްވެސް ސާފުކޮށް ފެންނަން އޮތް އެއްޗެއް ކަމަށެވެ. އަދި މިހާރުގެ ބަޖެޓަކީ އެންމެ ބޮޑު ބަޖެޓުކަމަށް ބުނެ ވާހަކަތައް ދެކެވެމުންދިޔަ ނަމަވެސް ކޮންމެ އަހަރަކުވެސް ފާސްކުރަމުންދަނީ އޭގެ ކުރީ އަހަރަށްވުރެ ބޮޑު ބަޖެޓެއްކަމަށް އެނާ ވިދާޅުވިއެވެ.

ދަރަނީގެ އަދަދުތައް ބޮޑުވަމުން އަންނަ ވާހަކަތަކަށް އިޝާރާތްކުރައްވާ އަހުމަދު ވިދާޅުވީ، ދުނިޔޭގެ އުފެއްދުންތެރި ގައުމުތަކުގައިވެސް ދަރަނީގެ އަދަދުތައް ހުރީ މަތީގައިކަމަށެވެ. އެހެންނަމަވެސް ރާއްޖެއަކީ ގިނަ އަދަދެއްގެ ތަކެތި އިމްޕޯޓު ކުރާ ގައުމެއް ނަމަވެސް އެހެން ގައުމުތަކާއި އަޅާ ބަލައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތުވެސް ހުރީ ރަނގަޅު ހާލަތެއްގައިކަމަށް އެނާ ފާހަގަކުރެއްވިއެވެ. އަދި އެގޮތުގެ މަތިން ގައުމު ކުރިއަށް ގެންދެވުނީ މަސައްކަތްތަކެއް ކޮށްފައިވާތީކަމަށް އެނާ ވިދާޅުވިއެވެ.

އަހުމަދުވަނީ ޓީބިލުތައް ވިއްކާފައިވާ މިންވަރު މަތިވެފައިވާކަމަށް އަލިއަޅުއްވާފައެވެ. އެނާ ވިދާޅުވީ، ގައުމެއް ކުރިއަރަމުން އަންނަ އިރު، ކުރަންޖެހޭ ކަންކަން އަންނާނީ އިތުރުވަމުންކަމަށެވެ. އެހެންކަމުން ކުރަންޖެހޭ ހަރަދުތައްވެސް އިތުރުވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ. އަދި އެކި ގައުމުތަކުގައި އެ ހަރަދުތައް ހަމަޖައްސަމުންދަނީ އެކި އުސޫލުގެ މަތިންކަމަށާއި ބޭނުންވާ ފައިސާ ނެތިއްޖެ ހާލަތެއްގައި ދަރަންޏަށް ނެގުމަކީވެސް އުސޫލެއްކަމަށް އަހުމަދުވަނީ ފާހަގަކުރައްވާފައެވެ.

އަހުމަދު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ކުރެވިފައިވާ ކަންކަމާއި އެ މަސައްކަތްތަކުގެ ދުވެއްޔަށް އަޅާ ކިޔާ އިރު، ދަރަނީގެ އަދަދުތަކަކީ މަތީ އަދަދެއްކަމަށް އެނާ ގަބޫލު ނުކުރައްވާކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުގައި ދިވެހިރާއްޖޭގެ ދަރަނިތައް އިތުރުވެފައިވާ މިންވަރާއި އެ ސަރުކާރުގައި ކުރެވިފައިވާ ކަންކަމާއި މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދަރަންޏާ އަޅާ ކިޔާއިރު ރައްޔިތުންނަށް ފައިދާ ކުރަނިވި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނީ ރައީސް ސާލިހުގެ ވެރިކަމުގެ ހަތަރު އަހަރުގައިކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: