ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ އަގުބޮޑުވެގެންދިޔައިރު ކަރަނޓުގެ ހިދުމަތައް ބުރު ނާރާ ދިޔައީ ސަރުކާރުގެ ސަބްސިޑީގެ ސަބަބުން: ޝަރީފް

ސެޓްލްކޯގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް އަދި ރަޝިއާ ޔޫކްރައިން ހަނގުރާމައިގެ ލޮޅުންތަކުގެ ސަބަބުން، ތެލުގެ އަގު އަތް ނުފޯރާ ފަށަށް ދިޔަ އިރުވެސް ބުރު އެރުމެއް ނެތި ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތްތައް ދެވުނީ، ސަރުކާރުން ދެމުންދާ ސަބްސިޑީގެ ސަަބަބުންކަމަށް ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 73 އަހަރު ފުރުން ފާހަގަކޮއް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ދުނިޔެއަށް އައި އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން ކުރި ނޭދެވޭ އަސަރުތަކުގެ ތެރެއިންވެސް ކެނޑިނޭޅި ކަރަންޓުގެ ހިދުމަތްތައް ދެވިގެންދަނީ ސަރުކާރުން ސަބްސިޑީގެ ހިދުމަތްތައް ދީ، އެއް މިންވަރެއްގައި ހިފެހެއްޓިފައިވާ ރޭޓެއްގައި ތެޔޮ ފޯރުކޮއްދެމުންދާތީކަމަށެވެ.

”އަޅުގަނޑު ދަންނަވާނ،ީ ރާއްޖޭގެ ރައްޔިތުންނަށް ސައުވީސް ގަޑިއިރު އަޅުގަނޑުމެންނަށް ކަރަންޓު މި ދެވެނީ ސަރުކާރުގެ ހެޔޮފުޅުކަމުން، ސަބަބަކީ ދެންމެއަކު އަޅުގަނޑުމެންގެ ނައިބު ރައީސް ވާހަކަފުޅުގައި ވިދާޅުވިފަދައިން ކޮވިޑްގެ ދުވަސްވަރުގައި އަދި މި ދޭދޭ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވެގެންގޮސް އަޅުގަނޑުމެންގެ އަތް ނުފޯރާ ފަށަށް ތެލުގެ އަގު ގޮސްފައިވީއިރުގައިވެސް އަޅުގަނޑުމެންގެ މި ސިނާއަތަށް މި ކަރަންޓަށް، ހިދުމަތަށް އެއްވެސްކަހަލަ ބުރުއެރުމެއްނެތި މި ހިދުމަތް ދެވެމުން މި ގެންދެވެނީ ސަރުކާރުގެ ސަބްސިޑީސް އަޅުގަނޑުމެންނަށް ދެއްވާތީ، ސަރުކާރުގެ ވަކި ފްލެޓު ރޭޓެއްގައި އަޅުގަނޑުމެންނަށް ތެޔޮ ފޯރުކޮއްދެއްވާތީ“

ޝަރީފްވަނީ މި ފުރުސަތުގައި ދިވެހިރާއްޖޭގެ ކަރަނޓު ދިނުމުގެ ހިދުމަތްތަކުގައި މަސައްކަތް ކޮއްދެއްވާފައިވާ ފަރާތްތަކާއި، ހިދުމަތްތައް އިތުރަށް ތަރައްގީ ކުރާ ފަރާތްތަކަށް ސްޓެލްކޯގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށްވެސް އަލި އަޅުއްވާފައެވެ.

އެނާ ވިދާޅުވީ، ސްޓެލްކޯއިން ދޭ އެވޯޑަކީ ކުރިއަށް އޮތް އަހަރުން ފެށިގެން ގައުމީ ލެވެލްގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކަމަށެވެ. އަދި އެ އެވޯޑުގެ ސަބަބުން ސިނާއަތު ކުރިއެރުމުގައި އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: