ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 1 ގެ އެކި ސަރަހައްދުގައި 491 ވީލްޗެއަރ ރޭމްޕް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެގެން އަންނައިރު ހުޅުމާލެގައި ދިރިއުޅެމުންދާ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް އެޗް.ޑީ.ސީގެ ފަރާތުން ދަނީ ގެނެވެމުންނެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕްތައް ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ހުޅުމާލެ ފޭސް 1 ގައިވެސް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ފޭސް 1ގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއަރ ރޭމްޕް ވަނީ ގާއިމުކުރެވިފައެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނައެވެ. ހުޅުމާލެ ފޭސް 2ގެ ހިޔާ ފުލޭޓުގައި ވީލްޗެއަރ ރޭމްޕް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު މިހާރު މި މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. މިގޮތުން ކޮންމެ ޓަވަރަކު، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަކޮށް ރޭމްޕް ވަނީ ގާއިމްކުރެވިފައެވެ.

ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕް ގާއިމުކުރުމުގެ ސަބަބުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެންމީހެއްގެ އެހީއާއި ނުލައިވެސް ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކޮށްލެވޭނެއެވެ. މިކަމުގެ ސަބަބުން އެ ފަރާތްތަކަށްވެސް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން، މި ކޯޕަރޭޝަނުން އަބަދުވެސް މި ފަރާތްތައް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާރު ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައިވެސް ވީލްޗެއަރ ރޭމްޕް ޤާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިއަ ހަދާ ތަންތަނުގެ ބޭބުން ފުރިހަމަޔަށްކުރާނީ ”ވަކިޒާތަކުބަޔަކު ދުއްވާ ސައިކަލުތަކުން“ ފުރޮޅުލީ އެންމެގޮނޑިއަކަށް ފުރުސަތުލުބުނަސް ސުކުރުވެރިވާނަން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: