ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރީ ގޯސް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނަން: އޭޖީ

ފުލުހުންގެ ވަޒީފާއިން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަޙްމަދު މުޙައްމަދު އާއި އިތުރު 4 ފުލުހުންގެ އޮފިސަރަކު ވަޒީފާއިން ވަކިކުރީ ގޯސް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ބުނެފިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ.

ފަސް ފިސަރުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އިސް އޮފިސަރަކު މަގާމުން ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި، އެ ކަން ސާބިތުވާ ވަރަށް ހެކި ހުރެގެންކަން ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި ނަމަވެސް ޕޮލިސް ބޯޑުގެ އެފަދަ ނިންމުމެއް ފެންނާ ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުގައި ވަނީ ބުނެފައެވެ. 

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫނެވެ. .އެެހެންކަމުން ޕޮލިސް ބޯޑުގެ ލަފައެއް ތަންފީޒުކުރަން ކަމަށް ބުނެ ފަސް އޮފިސަރުން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި. ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: