ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ގ ކެނެރީގޭ މުހައްމަދު ނަޝީދު ހަތަރު ވަނަ ފަހަރަށް ކުރިމަތި ލެއްވަން ބޭނުންފުޅުވެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތި ލެއްވުމުން ހަނދާނަށް އަންނަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ތަޙުތު ހަވާލު ކުރެއްވުމުން ވެރިކަން ކުރައްވަން އެނގިވަޑައިނުގަތުމުން އިސްތިއުފާ ދޭން ޖެހުނު ދުވަހެވެ.
ރާއްޖޭގައި ދިގު ވެރިކަމެއް ކުރައްވަމުން ގެންދެވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މަގުމައްޗަށް ނިކުމެ ބަދަލު ކުރުމަށް ފަހު މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަ،މުގެ ތަޙުތަށް ވެޑުވީ ވަރަށް ވެސް ފޮނި އުންމީދުތަކަކާއިއެކުގައެވެ. ނަމަވެސް ކަންވެގެން ދިޔައީ އުންމީދު ކުރި ގޮތާއި ހިލާފަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ރައީސް ނަޝީދު ވެވަޑައިގެންނެވި ވަޢުދު ނުފައްދާ ދެއްވީ އިސްތިއުފާއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދިވެހި ދައުލަތުން ގެއްލުނު ފައިސާ ހޯއްދަވައި ދޭނެ ކަމަށްވީ ވަޢުދު ނުފައްދާ ދެއްވީ އިސްތިއުފާއެވެ. މިހެނެންގޮސް ކިޔާނެ ކަމެއް ނެތެވެ. ވަޢުދުވި ގޮތަށް ކުރި ހަމަ އެންމެ ކަމެއް ވެސް ނެތެވެ. ކުރެއްވިހާ ވެސް ކަމަކީ ވެރިކަކަން ކުރަން އެނގިވަޑައިނުގަތުމުން އިސްތިއުފާ ދެއްވުމެވެ.
ވެރިކަން ކުރައްވަން އެނގިވަޑައި ނުގަތް ނަމަވެސް ވެރިކަމުގެ ދުވަސްވަރުގައި ވަރަށް ވެސް މޮޅުތި ފިލްމްތަކެއް ކުޅުއްވިއެވެ. ”އައިލެންޑް ޕްރެޒިޑޭންޑް“ ގެ ނަމުގައި ފިލްމެއް ކުޅުއްވިއެވެ. ބުނާ ގޮތުން އެއީ ރައީސް ނަޝީދަށް އެނގިވަޑައިނުގެން ހެއްދެވި ”ސަޕްރައިޒް“ ފިލްމެކެވެ. ހަމަ އެގޮތަށް ވެރިކަމުގައި ކަނޑުއަޑީގައި ކަެބިނެޓް ބައްދަލުވުން ބޭއްވިއެވެ. އެންމެ މަގުސަދެއްގައެވެ. ތިމާވެށީގެ ބާނީގެ ލަގަބު ހޯއްދެވުމުގެ ބޭނުމުގައެވެ. އެކަން ވެސް ވި ކަމަމަށް ބުނަން ވަރަށް ވެސް ދައްޗެވެ.
މާޒީގެ ތެރެއިން ބައެއް އެހެން ކަންކަމަށް ނަޒަެު ހިންގާލާނަމެވެ. ރާއްޖޭގެ ވެރިމަުގެ ނިޒާމުގެ ކަނޑައެޅުމަށް ނެގި ވޯޓުގައި ވެސް އެމްޑީޕީގެ ގޮވައިގެން އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ނަޝީދު ކަމަށް ބުނެއުޅެއެވެ. އޭގެ ނަތީޖާއަކަށްވީ އެމްޑީޕީއަށް ނާކާމިޔާބުވުމެވެ. އޭގެ ފަހުން ނަޝީދު ރާއްޖޭގެ ވެރިކަމުގެ ތަޙުތަށް ވެޑުވިނަމަވެސް އެކަން ކުރަން ޖެހުނީ ދެ ވަނަ ބުރަކަށް ގޮސްގެންނެވެ. ވެރިކަމުގައި ވެސް ނަޝީދުގެ މާލިމީ ކަމުގައި އެމްޑީޕީން ކުރިމަތިލި ހުރިހައި އިންތިހާބަކުން ވެސް އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.
ކޮންމެއަކަސް މިއަދު ރައީސް ނަޝީދު އަނެއްކާވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރިމަތިލާފައިވާއިރު މާޒީގެ ސަފުހާތައް އުކާ ނުލާ ދޫކޮށްލުމަކީ ކުރެވެން ނެތް ކަމެކެވެ. 7 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމަށް ފަހު ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ރެއާއި ދުވާލު ކުރަމުންދިޔަ މަސައްކަތަކީ އެމްޑީޕީގެ ދެ ވަނަ ސަރުކާރެއް ގެނައުމުގެ މަސައްކަތެވެ. ހާއްސަކޮށް ރައީސް ނަޝީދު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ދެ ވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް އައުމުގެ މަސައްކަތެވެ. އެކަމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގިނަ މަސައްކަތްތަކެއް ރައީސް ނަޝީދު ކުރެއްވިކަން އެއީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ.
ރައީސް ނަޝީދު ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމުގެ ތަހުތަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ ދަށުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ ފިކުރުގެ ސަބަބުން އިންތިހާބު ކާމިޔާބްވާ ގޮތެއް ނުވިއެވެ. އޭގެ ފަހުން ރައީސް ނަޝީދަށް ރާއްޖޭގެައި ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ތަނުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައެއް ނުގެންނެވިއެވެ. އޭގެ ބަދަލުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރާއްޖޭގެ ވެރިކަމުގެ ތަހުތައް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިޙްއަށެވެ.
ހަގީގަތަކުގައި މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތައް ވެޑުވުމަކީ ރައީސް ނަޝީދު ދުވަހަކުވެސް ބޭނުންފުޅުވި ގޮތެއް ނޫނެވެ. ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މާލެ މީހުން ފިޔަވައި ރާއްޖޭގެ އެހެން ރަށަކަށް ނިސްބަތްވާ މީހަކު ވެރިކަމުގެ ތަޙުތައް ވަޑައިގެންނެވިދާނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވައެވެ. ހާއްސަކޮށް ހިންނަވަރު ކުދިންނަށް ރާއްޖޭގެ ވެރިކަން ކުރެވިދާނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވައެވެ. ނަމަވެސް ކަން ވެގެންދިޔައީ ރައީސް ނަޝީދު އުންމީދު ކުރެއްވި ގޮތަކަށް ނޫނެވެ. ޖެއްސެވި ހިސާބް ގޯސްވީއެވެ. ކުރެއްސެވި ވެރިކުގެ ކުރެހުން ހަމައެކަނި ކުރެހުމަކަށް ވެގެންދިޔައީއެވެ. އެމްޑީޕީގެ ދެ ވަނަ ވެރިކަން ގާއިމް ކުރެވިގެންދިޔައިރު ވެރިކަމުގެ ތާޖް އެޅުއްވީ ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިޙްއެވެ.
ނަމަވެސް އެކަން ޤަބޫލުނުކުރެވޭ އެމްޑީޕީގެ މަތީ ފަޑީން ރައީސް ނަޝީދުއަށް ތާއިދުކުރައްވާ ބަޔަކާއި ޢާންމުންގެ ތެރެއިން މަދު ބަޔަކު ރައީސް ސާލިޙް ފެއިލްކޮށްލުމަށް ލައްކަ މަސައްކަތްތަކެއް ކޮށްފިއެވެ. އެކި ފަހަރު އެކި ނަންނަމުގައި އެކި ގޮތަށް އެކި މިސްރާބަށެވެ. ބައެއް ފަހަރަށް ދުވާލު ދެދެޅަޔަށް ކެބިނެޓްގެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށްގެން ސަރުކާރުގެ މަސައްކަތްތައް ލަސްކުރުވައި އުނދަގޫތައް ކުރިމަތިކޮށްގެންނެވެ. ދެފުށް ހޯދުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މަޖިލީހުގެ ކޮމެޓީކަށް ހާޒިރުކޮށްގެންނެވެ. އަނެއްބައި ފަހަރަށް ސަރުކާރު މާ ސުލޯކަމުގައި ކިޔާ ބަދުނާމުކޮށްގެންނެވެ. ބައެއް ފަހަރަށް ކޯލިޝަން އޮވެގެން ސަރުކާރު ނުހިންގޭ ކަމަށް ބުނެ ކޯލިޝަން ރޫޅާލުމުގެ ވާހަކަ ދައްކަމުންނެވެ.
އެގޮތުން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެންމެ ބާރަށް ކުރައްވަމުން ގެންދެވި މަސައްކަތަކީ ކޯލިޝަން ރޫޅާލުމުގެ މަސައްކަތެވެ. އެކަމުގެ ފުރަތަމަ ފިޔަވައްސަކަށް ހެއްދެވީ އެމްޑީޕީ ފިޔަވައި ކެބިނެޓްގައި ތިބި ވަޒީރުންނަށް ހަމަލާދީ، އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުމެވެ. އިސްތިއުފާ ނުދިން މީހަކު ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖަހަން ޖެހޭ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއެވެ.
ކޮންމެއަކަސް އެކިއެކި ނަންނަމުގައި ސަރުކާރައި ރައީސް ސާލިޙް ފެއިލްކޮށްލުމަށް ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ގެނުވީ މުޅި ދުނިޔެއަށް ކުރިމަވި ކޮރޯނާ ވައިރަހެވެ. ރައީސް ނަޝީދުއަކީ ވެރިމީހާ ކަމަށް ގަބޫލު ކުރައްވާ ފަރާތްތަކުން ރައީސް ސާލިޙް ފެއިލްކޮށްލުމަށް ކުރަމުންދިޔަ މަސައްކަތަށް ކޮރޯނާ ވައިރަސް ޖެހުނެވެ. އެއާއިއެކު މުޅި ޕްލޭން ގަޑުބަޑުވެ އެންމެ ފަހުން ކޮވިޑާ މަތިކޮށް ނަމަވެސް ސަރުކާރު ފެއިލްކޮށްލުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވެސްވެގެން ދިޔައީ ސައިބޯނި ބޮތްކަކަށެވެ. ބައެއްގެ ހިތަށް ކުރީ ވޭންދެނެވި ފުން އަސަރުތަކެކެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަ ޙަޤީޤަތުގައި ވެސް ރައީސް ނަޝީދާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ މައްޗަށް ރައްޔިތުންގެ ކުރިމަތީގައި ބޮޑުތަނުން ކާމިޔާބު ހޯއްދަވައިފިއެވެ. މިއަދު އެމްޑީޕީގެ ވެރިކަމެއް އޮވެފައި، ރައީސްކަމުގެ ގޮނޑީގައި އިންނެވީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބަދަލުގައި ރައީސް ނަޝީދުކަމުގައި ވީނަމަ، ކޮރޯނާ ވައިރަހުގެ ހަނގުރާމައިގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީ ނުހޯދޭނެ ކަމީ ހުރިހައި ރައްޔިތުންވެސް މިއަދު ގަބޫލުކުރާ ހަގީގަތެކެވެ. އޭގެ ހެއްކަކީ މުޅި ދުނިޔެއަށް މި ނުރައްކާތެރި ކޮރޯނާ ވައިރަހުގެ މުސީބާތް ކުރިމަތިވުމުން ރައީސް ސާލިޙްގެ ސަރުކާރުން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކަށް ރައީސް ނަޝީދުއާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ކުރެއްވި މަލާމާތަށް، ޖެއްސެވި ޖޯކަށް ރައްޔިތުންގެ ފަރާތުން އަމާޒްވި ފާޑުކިޔުންތަކެވެ.
ކޮރޯނާ ވައިރަހަކީ އާދައިގެ ރޯގޯއެއް ކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރަން ނުޖެހޭ ކަމަށާއި އޭރު ބާއްވަން ޖެހިފައި އޮތް ކައުންސިލް އިންތިހާބު ފަސްކޮށް ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެތައް ވާހަކަތަކެއް ދެއްކެވިއެވެ. ފަހުން ބަސްމަގު ބަދަލު ކުރެއްވީ އިތުރު އެހެން ގޮތެއް ނެތިގެންކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ކޮރޯނާ ވައިރަހަށް ފަހު މިއަދު ރައީސް ސާލިޙްއަށް މަސައްކަތް ކުރާން ޖެހިފައި މިވަނީ ދުނިއޭގެ ބޮޑު ބާރަކުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ރައީސް ސާލިޙްއަށް ލިބުނު އެއްވެސް އެހީތެރިކަމެއް ނެތެވެ. ކުރަނީ ޖެއްސުމެވެ. އެކި ވާހަކަތައް ދައްކައިގެން ރައްޔިތުން ޕެނިކް މޯޑަށް ލުން ނޫން ކަމެއް ނުކުރެއެވެ. ގައުމު ބަނގުރޫޓު ވެދާނެ ކަމަށް ބުނެ ރަށުތެރޭގައި ބެރުޖަހަމުން ދުވަނީއެވެ. އެންމެ މަގުސަދެއްގައެވެ. ރައީސް ސާލިޙުގެ ސަރުކާރު ފެއިލް ކޮށްލުމުގެ ބޭނުމުގައެވެ. ތިމާ ވެރިމަކމަށް އަންނަން ބޭނުންވާލެއް ބޮޑުކަމުންނެވެ.
ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރައީސް ސާލިޙް ދުއްވަމުން ގެންދަވާ އޮޑިއަކީ ހަގީގަތުގައި ރައީސް ސާލިޙްގެ އޮޑިއެއް ނޫނެވެ. އެހެހްކަމުން އެމްޑީޕީގެ ތެރެއިން ވެސް ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ ރައީސް ސާލިޙްގެ އޮޑި ފަރަށް އެރުވުމުގެ މަސައްކަތެވެ. ޕާޓީގެ އިސްލީޑަރަކަށް ރައީސް ސާލިޙް ހުންނެވުމަކީ ވެސް ރައީސް ނަޝީދަށް ހަޖަމް ކުރެވޭ ކަމެއް ނޫނެވެ. އެހެން ކަމުން ޕާޓީ ތެރެއިން ވެސް ރައީސް ސާލިޙް ފެއިލް ކޮށްގެން ނޫން ގޮތަކަށް ރައީސް ނަޝީދަށް ކުރިއަށް ދެވެން ނެތްކަން ހުދު ރައީސް ނަޝީދު ވެސް ގަބޫލުފުޅު ކުރައްވައެވެ.
ރައީސް ނަޝީދާއި ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ ކުދިންކޮޅު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރައީސް ޞާލިހަށް އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ލިބިވަޑައިގެންނެވީ ތަބަކަކަށް ލާފައި އެމަގާމު އެމްޑީޕީން ދީގެންނެއް ނޫން ކަމެވެ. އެއީ ހަފަރާތުން ބިރުވެރިކަން ވަށާލާފައި އޮއްވާ ކުރި މަސައްކަތުގެ ނަތީޖާއެވެ.
މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ މަސްރަހު އޮތްގޮތް މިއަދު ހަނދާނުގައި ނެތް ބޭފުޅުން އެހަނދާންތައް އާކޮށްލާށެވެ. ބުނެލާ ބަހެއްގެ ސަބަބުން، ފާޅުކޮށްލާ ހިޔާލެއްގެ ސަބަބުން މިލިއަން ރުފިޔާގެ ޖޫރިމަނާ އާއި ޖަލު ހުކުމްތައް އަންނަމުން ދިޔައެވެ. ޓެރަރިޒަމްގެ ދައުވާތައް ސިޔާސީ ލީޑަރުންގެ މައްޗަށް އުފުލެމުން ދިޔައީ ދުވަހަކު ވެސް ރާއްޖޭގައި އެފަދަ ކަމެއް ކުރިން ހިނގާފައި އޮތް މިންވަރަށްވުރެ މާގިނައިންނެވެ. ވަކި ސިޔާސީ ޕާޓީއަކަށް ތާއިދު ނުކުރާނަމަ ތިމާ އާއި އަނބިދަރިންގެ ވަޒީފާ ވެސް ދިޔައީ ގެއްލެމުންނެވެ. އެފަދަ ހާލަތެއްގައި ގައުމު އޮއްވާ ވަރަށް މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއިއެކު ކުރި ބުރަ މަސައްކަތުން ރާއްޖޭގެ މަސްރަހު ބަދަލުކޮށްލީ ރައީސް ޞާލިހްގެ ލީޑާޝިޕްގައެވެ. އެއީ ފެންނަން އޮތް ހަގީގަތެވެ. އެމަސައްކަތުގައި އަމަލީ ގޮތުން ނަޝީދުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.
ނަމަވެސް މިއަދު އެމްޑީޕީގެ ބައެއް މެންބަރުންގެ ހަނދާނުގައި އެކަމެއް ނެތެވެ. ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހީވެފައި އޮތީ އެމްޑީޕީ އަކީ ނަޝީދު ކަމަށެވެ. އެމްޑީޕީގެ އިސް ލީޑަރަކީ ވެސް ރައީސަކީ ވެސް، ނައިބު ރައީސަކީ ވެސް، ގައުމީ މަޖިލީހަކީ ވެސް ނަޝީދު ކަމަށެވެ. ނަޝީދު ހިތްޕުޅާ ނުވާގޮތަށް ހިޔާލެއް ފާޅުކުރުން އެއީ އެމްޑީޕީން އެމީހަކު ބޭރުކޮށް ގަން ހިންގަން ޖެހޭ ކަމެއް ކަމަށް ބައެއް މީހުން ހީކުރެއެވެ. ނަމަވެސް އެއީ އެމްޑީޕީ އުފެއްދުމުގެ ފިކުރު އުފަންކުރުވި މީހުން، އަދި ފުރަތަމަ އެމްޑީޕީއަށް ސޮއި ކުރި މީހުން އެމްޑީޕީ އުފެއްދި މަޤުޞަދެއް ނޫނެވެ. ބޭނުންވާ ގޮތެއް ވެސް ނޫނެވެ.
ޑިމޮކްރަސީ އަކީ ނަޝީދު ބޭނުން ގޮތަކަށް މާނަކުރަން އޮތް ރަދީފެއް ނޫނެވެ. ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ފޮތްފޮތުގައި ލިޔެވިފައި އެބައޮތެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގައި ވެސް އެހަމަތައް އެއޮތީ ލިޔެފައެވެ. މިއަދު ރައީސް ސޯލިހަށް އިސް ލީޑަރު ކިޔަން ދެކޮޅު ހަދާ ބޭފުޅުން ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހް ކުރުމެވެ. ޓްވީޓް ކޮށްގެން، މަޖިލީހުގެ ޖަލްސާގައި ހަޅޭލަވައިގެން، ވަޓްސްއެޕް ގްރޫޕްގައި މެސެޖް ކޮށްގެން އެކަމެއް ނުހުއްޓުވޭނެއެވެ. ސަބަބަކީ އެމްޑީޕީގެ އަސާސީ ގަވައިދުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ލިޔެފައި އޮތުމެވެ.
ނަޝީދު ފަހަތުގައި ހުންނަވައިގެން އެމްޑީޕީ މެންބަރުންނަށް “ހުތް ފިތައިގެން” ރައީސް ސޯލިހާއި ދެކޮޅު ސިޔާސީ ފިކުރު އެމްޑީޕީގެ އެތެރޭގައި ފަތުރަން މަސައްކަތް ކުރި ނަމަވެސް ނަޝީދުގެ މަގުބޫލުކަން ދުވަހަކަށް ވުރެ ދުވަހަކު ފަނޑުވަމުންދާކަން އެބައެނގެއެވެ. އެހަގީގަތް ބަދަލުކޮށް، އަލުން މެންބަރުންގެ ތާއިދު ހޯދަން ނަޝީދު ކުރައްވަންވީ ކަމަކީ ނަފްރަތު އުފެއްދުމެއް ނޫނެވެ. ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ހަގީގަތް ގަބޫލުކޮށް އެމަނިކުފާނުގެ ސިޔާސީ އެޖެންޑާގެ މިސްރާބު ބަދަލު ކުރައްވާށެވެ. ނަޝީދު ގަބޫލު ކުރައްވާ ވަކިވެގަތުމުގެ ވިސްނުމާއި، މޮޑަރޭޓް ދީނީ ސިޔާސަތަކީ ދިވެހިންނަށް ކަމުދާ ކަންކަމެއް ނޫންކަން ގަބޫލު ކުރައްވާށެވެ. ނަފްރަތު އުފައްދައިގެން ލޯތްބެއް ނުހޯދޭނެއެވެ. ލޯބި ހޯދޭނީ ލޯބި ދީގެންނެވެ. އެކަން ގަބޫލު ކުރައްވާށެވެ.
ދަންނަވަންތޯއެވެ. ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތް ނޫން އެހެން ގޮތަކަށް މެޗް އެނބުރިއްޖެއެވެ. ބަހަނާތައް ދައްކަވައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ކަން ނުކުރަން ރައީސް ނަޝީދު އުޅުއްވަނީ ހަމަ އެންމެ މަގުސަދަކަށްޓަކައެވެ. ރައީސް ސާލިޙް ފެއިލްކޮށްލުމުގެ މަގުސަދުގައެވެ. ބޭނުމަކީ 2023 ވަނަ އަހަރު ރާއްޖޭގެ ވަރިކަމުގެ ތަހުތައް ވަޑައިގަތުމެވެ. އިސްލީޑަރަށް ދަންނަވާލަން އޮތީ އެންމެ ވާހަކައެކެވެ. އެލެކްސްގެ މަޅީގައި ނުޖެހޭށެވެ. އޮޑި ބަންޑުން ވެދާނެއެވެ. ފަދަކޮށް ބަރަށް ކުރިޔަށް ވަޑައިގަންނަވާށެވެ. ކުރިން ވެރިމަނިކުފާނުގެ މަގާމުގައި ހުންނެވި މަނިކުފާނުގެ ފިލްމު ނިމިއްޖެއެވެ.


2 Responses
މިލިޔުމުގައި މަދުވާ އެންމެ ހާއްސަ، ހައްސާސް ވާހަކައަކީ ނަޝީދު ގޮތްދޫނުކޮށް މަޖިލިސް ކޯލިޝަނަށް ފުރިހަމަޔަށް ބަހާލަން އިބޫއާއި ދެކޮޅުހެދި ވާހަކައެވެ. ޢެހެންނަމަ އިބޫ މިއަދު ޥެރިކަމުގައި ނުހުރީހެވެ.
އިބޫ ކިހާވަރެއް ދީގެން ލިޔުނު އެއްޗެއްތަމީ …