ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާންދޫގެ ރައްޔިތުންނާއި، ރައީސް ހަވާލުކޮށްދެއްވީ ރާއްޖޭގައި އާންމުކޮށް ހުންނަ ބިންތަކަށްވުރެ ބޮޑު ބިމެއް: ޝާހިދު

މިނިސްޓަރު ޝާހިދު: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގއ ދާންދޫގެ ރައްޔިތުންނާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ”އެވަރެޖްކޮށް“ ގުދުރަތީގޮތުންވެސް ނުހުންނަ ވަރުގެ ބިމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދާންދޫގައި އަލަށް ހިއްކި ބިން ރަސްމީ ގޮތުން ކައުންސިލާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޝާހިދު ވިދާޅުވީ، ދާންދޫގެ ކައުންސިލާއި ހަވާލުކޮށްފައިވާ ބިމަކީ އާންމުކޮށް ރާއްޖޭގައި ގުދުރަތީ ގޮތުން ހުންނަ ބިންތަކަށްވުރެ ބޮޑު ބިމެއްކަމަށެވެ. އަދި ދާންދޫގެ މަޝްރޫޢުތައް ކުރިއަށްގެންދިޔައީ ދުނިޔެވެސް ދަތި ހާލަތެއްގެ މަތީގައިވަނިކޮށްކަން ހަނދާންކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރުގައި ރާއްޖޭގައި ތިބި މާހިރުން ރައީސް ސާލިހަށް ލަފާ އެރުއްވީ، އެތައް ހާސް ބަޔަކު މަރުވެގެންދާނެކަމަށެވެ. އަދި ޗައިނާ ފަދަ ގައުމުތަކުގައި އެތައް މިލިއަން މީހެއް މަރުވިކަން ރައްޔިތުންނަށް އިނގޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިންނަށް އެފަދަ ހިތާމައެއް ތަހައްމަލު ކުރަން ނުޖެހުނީ ރައީސް ސާލިހުގެ ޒައާމަތުގެ ދަށުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: