ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ކެނޑިޑެސީ ލިއްބިއްޖެނަމަ ޕާޓީއަށް ވެރިކަން ގެއްލޭނެކަން އެންމެނަށްވެސް އެނގޭ: މަވޯޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި ހާލަތެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީއަށް ނާކާމިޔާބުވެގެންދާނެކަން އެންމެންނަށްވެސް ސާފުވާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ޕާޓީގެ ތެރޭގައި ބޮޑެތި ކޯޅުންތައް އުފެދި އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންދާއިރު، ޝަރީފްވަނީ ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެނާ ވިދާޅުވީ، ހާލަތު ބަދަލުވެފައިވާކަމަށާއި، ވެރިކަން ހޯދުމަށް އެމްޑީޕީއިން ކޯލިޝަނެއް ހެދުން މުހިންމު ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވާކަމަށެވެ.

އެހެންކަމުން، އެ ވިދާޅުވާ ވިދާޅުވުންތަކާއި އެކު، ރައީސް ނަޝީދަށް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެނަމަ ހާލަތެއްގައި، އެ ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ، ވެރިކަން ގެއްލިގެންދާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، އެއީ އެންމެންނަށްވެސް ސާފުވާކަމެއް ކަމަށެވެ. އަދި ވެރިކަން ގެއްލުމަކީ އެނާ އެދޭ ކަމެއް ނޫންކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އެކުކަމަށް އެނާ ވިދާޅުވިއެވެ.

އިބްރާހިމް ޝަރީފްވަނީ މީގެ އިތުރުންވެސް ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދު އެއްވެސް އިންތިހާބަކުން ދުވަހަކުވެސް ބަލިވެވަޑައިގެންފައިނުވާކަމަށް ވިދާޅުވިނަމަވެސް، އެމަނިކުފާނަށްވެސް ކޯލިޝަނެއްގެ ތާއީދު ނެތި ކާމިޔާބީ ލިބިފައިނުވާކަމަށެވެ.

އެނާ ވިދާޅުވީ، ކޯލިޝަނެއް ނުހަދައި ކާމިޔާބީ އަކީ ލިބިގެންދާ މަންޒަރު ފެނިވަޑައިނުގަންނަކަމަށެވެ. އަދި ”ބިޔަ ބޮޑު“ އެމްޑީޕީގެ ކެނޑިޑޭޓުގެ ގޮތުގައި ނުކުމެވަޑައިގަތީމަވެސް ރައީސް ނަޝީދަށް ލިބިވަޑައިގަތީ އެންމެ 25 އިންސައްތަ ވޯޓުކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: