ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މިސްކިތްތައް މަރާމާތު ކުރަން 10 މިލިއަން ހަރަދުކޮށްފިން އަދި 9 މިލިއަން ބޭނުންވޭ: މޭޔަރު މުއިއްޒު

މޭޔަރު މުއިއްޒު: ފޮޓޯ/ ސިޓީ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށްޓަކައި މިހާތަނަށް 10 މިލިއަން ހޭދަކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ އެއް ކުރުމަށްޓަކައި ހުޅުވާލެވިގެންދިޔަ ”ޗާލު މިސްކިތް“ ފަންޑު އިފްތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، އެ ފަންޑު ހުޅުވާފައިވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މާތް މަގުސަދުގައި ރައްޔިތުންނާއި އެކު ކުރިއަށް ގެންދިއުމަށްޓަކައިކަމަށެވެ.

މުއިއްޒު ވިދާޅުވީ، ކައުންސިލުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައެޅިފައިވާ މަސައްކަތްކަމަށެވެ. އަދި ފަންޑުގެ ދަށުން 28 މިސްކިތެއްގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށާއި ކޮންމެ މިސްކިތަކަށް ހާއްސަ ކުރެވިފައިވާ ސްޓޯލެއް ހުންނާނެކަމަށް ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، އެ ސްޓޯލަކުން މިސްކިތުގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ލިބެން ހުންނާނެކަމަށެވެ.

މިސްކިތުގެ މަރާމާތުތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުންތަކެއް ލިބިގެންދިޔަ ނަމަވެސް އެދެވިގެންވާ ވަރުގެ އެއްބާރުލުމެއް ނެތްކަމަށް ސިފަކުރައްވާ މޭޔަރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ސަރުކާރު ބަޖެޓުން އެ މަސައްކަތްތަކަށް ހަވާލު ކުރަނީ 1 މިލިއަން ކަމަށެވެ. އެހެންނަމަވެސް އެ އަދަދަކީ ކުރަންޖެހޭ މަސައްކަތްތަކަށް އެއްވެސް ވަރަކަށް އެކަށީގެންވާ އަދަދެއް ނޫންކަމަށާއި ވިސްނާލުމުން އެކަން ސާފުވާނެކަމަށް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، މާލޭގައި ކައުންސިލު އަދި އާންމުން ބަލަހައްޓާ މިސްކިތްތަކުގެ ގޮތުގައި 40 ވަރަކަށް މިސްކިތް ހުންނާނެކަމަށެވެ. އަދި މިހާތަނަށް ކައުންސިލުންވަނީ 10 މިލިއަން ހަރަދުކޮށްފައިވީނަމަވެސް މީގެ 8 މަސް ދުވަސް ކުރިން ހެދި ސާވޭއަކުން 14 މިލިއަންގެ ހަރަދެއް ކުރަންޖެހޭކަމަށް ދައްކާކަމަށްވެސް ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ، ކުރެވިފައިވާ މަސައްކަތްތަކަށްފަހު، މިހާރު ބާކީ ހުރި ކަންކަމަށް ބޭނުންވަނީ 9 މިލިއަނާއި ގާތް ކުރާ އަދަދެއް ކަމަށެވެ. އެގޮތުން ކުލަ ލުލާއި، ފަންކާ ބަދަލު ކުރުން، އަދި ބޮކިތައް ބަދަލު ކުރުމާއި ކާޕެޓު ބަދަލުކުރުން ފަދަ މަސައްކަތްތައް އެކި މިސްކިތްތަކުގައި ހުރިކަމަށާއި އެކަންކަން ފަހިކޮށްދިނުމަށް އާންމުނާއި ދަރުމަވެރިންގެ އިތުރުން ވިޔަފާރިވެރިންގެ ފަރާތުންވެސް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ އާޓިފިޝަލް ބީޗުގައި ފަންޑުގެ މަސައްކަތްތައް ކުރިއަށް ދާނީ ދެ ދުވަހަށް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހަމަ އެ ކައުންސިލުގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައި ހުންނާނެކަމަށާއި ސްލިޕު ފޮނުވުމުން ހިސާބު ކުރެވި އެ މަސައްކަތްތަކަށް ހޭދަ ކުރާނެކަމަށާއި، ގާނޫނުގައި އޮންނަ އުސޫލުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތުތައްވެސް ލިބޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: