ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޗާލު މިސްކިތް“ ހަރަކާތުގެ ފުރަތަމަ ދުވަހުން ތިން ލައްކަ ރުފިޔާ ލިބިފައިވޭ!

މާލެ ސިޓީ ކައުންސިލްގެ ޗާލު މިސްކިތް ފަންޑް ރެއިޒިން ހަރަކާތުގެ ތެރެއިން ފޮޓޯ/ ސިޓީ ކައުންސިލް:
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ މިސްކިއްތަކުގެ މަރާމާތަށް ފައިސާ ހޯދުމަށް ”ޗާލު މިސްކިތް“ ގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފަންޑްރައިސިން އިވެންޓަށް ޞޮދު ތަރުހީބެއް ލިބި ފުރަތަމަ ދުވަހުންވެސް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ބޭނުންވާ ފަންޑު ހޯދުމަށް ހަރަކާތެއް ރޭވީ ކުރިޔަށް އޮތީ ރޯދަ މަސްކަމަށްވުމާއި އެކު އެވެ. ޗާލު މިސްކިތް ނަމުގައި ކުރިޔަށް ގެންދިޔަ ފަންޑްރައިޒިން އިވެންޓުން ފުރަތަމަ ދުވަހު އެކަނި ވެސް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރި އެވެ.

ކައުންސިލުން މީޑިއާތަކާއި ހިއްސާ ކުރި މައުލޫމާތުތަކުގައި ވާގިތުގައި ފުރަތަމަ ދުވަހުގެ ހަރަކާތުން ލިބިފައި ވަނީ 313،397 (ތިން ލައްކަ ތޭރަ ހާސް ތިންސަތޭކަ ނުވަދިހަ ހަތް ރުފިޔާ) އެވެ.

ހަރަކާތާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރައްވައި މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ ސަރަަހައްދުގެ ގިނަ މިސްކިތްތައް ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބަޖެޓުގެ ގޮތުގައި ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށްވާއިރު މާލޭގެ މިސްކިއްތައް މަރާމާތު ކުރުމަށް އިތުރު ފައިސާ ބޭނުންވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ހިމަނާފައިވާނީ މާލެ ސަރަހައްދުގެ މިސްކިތްތައް ޒީނަތްތެރިކޮށް ބެހެއްޓުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަމަށް ސަރުކާރުގެ އިތުރުން އާންމުންގެ އެހީ ވެސް ބޭނުންވާ ކަމަށެވެ.

ހަރަކާތް ކުރިޔަށް ގެންދާ ސަބަބެއްކަމަށް ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަނޑް ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލާ އާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވުމުންނެވެ.

އެހެން ކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވެއެވެ. އަދި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޞާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސކިތްތައް މަރާމާތުކޮށް ބެލެހެއްޓުމައްޓަކައިކަމަށް މައުލޫމާތު ދިނެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: