ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ބޭނުމަށް ޗައިިނާއަށް ފާޑުކިއުން ހުއްޓާލަން ޖެހޭ: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގްސަދުތަކެއް ހާސިލު ކުރުމުގެ ގޮތުން، ބޭރުގެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ގޯސްވާނެހެން ޗައިނާއަށް އަމާޒުކޮށް ކިޔާ ފާޑުކިއުންތައް ހުއްޓާލަން ޖެހޭކަމަށް އަައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ބައެއް ސިޔާސީ ލީޑަރުން އިސްވެ ތިބެ ޗައިނާ މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ޝަރީފް ދެއްކެވި ވާހަކައިގައި އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ޗައިނާއިން ރާއްޖެއާއި އެކު ބޭއްވި ގާތް ގުޅުމާއި މެދު ސުވާލުތައް އުފައްދައި އެ ގައުމުން ރާއްޖޭގައި ހިންގި އަދި ހިންގަމުން ދާ މަޝްރޫއުތަކާއި އިންވެސްޓުމަންޓުތަކާއި މެދު އެންމެ ބޮޑަށް ސުވާލު އުފައްދަވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން، ޙާރިޖީ ސިޔާސަތަށް ބޫރު އަންނަކަމަށް ރައީސް ނަޝީދު ވަރަށް ގިނައިން ވިދާޅުވެ އެވެ. ރާއްޖެއަށް ޗައިނާއިން ދީފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރަތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ބޭރުގެ މީޑިއާތަކަށް ވެސް ރައީސް ނަޝީދު މައުލޫމާތު ދެއްވާފައިވާކަން ފާހަގަކުރެވެ އެވެ. އަދި ސަރުކާރުން އެންމެ ފުރަތަމަ ޓެކްސް ބޮޑު ކުރުމަށް ނިންމި ނިންމުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ކުރިޔަށް 2023 އާއި 2024 ގައި ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ހުރުމާއި އެކު އެ ނޫން ގޮތެއް ނެތްކަމަށެވެ.

ޗައިނާއަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ބައިވެރިއާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ފަތުރުވެރިކަމުގެ ދައިރާއިން މި މަހުގެ 18 ގައި އެ ގައުމުގެ ފަތުރުވެރިން އަލުން އަންނަން ފެށުމާއި އެކު އާ ދިރުމެއް ލިބިގެން ދާނެ ކަމަށެވެ. މިއީ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުން އެފަދަ ކުރިއެރުންތަކަށް ހުރަސްއެޅޭ ގޮތަކަށް ދައްކަމުން ގެންދާ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

2020 ގައި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑާއި އެކު އެ ގައުމު އެއްކޮށް ލޮކްޑައުންއެއްގައި ބޭއްވުމަށް ފަހު ފޭސްތަކަށް ބަހާލައިގެން ހުޅުވަން ފެށީ ވަރަށް ފަހުންނެވެ. އަދި އެއަށް ފަހު އެ ގައުމާއި ރާއްޖެ ދެމެދު މެދުކަނޑާލި ދަތުރުތައް އަލުން ފަށައި ފަތުރުވެރިން އައުމަށް އެއާލައިންގެ ދަތުރުތައް ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް މި މަހުގެ 18 އިން ފެށިގެން ރާއްޖެއަށް އަންނަން ފަށާނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ޗައިނާއާއި ބޭއްވި ގާތް ގުޅުމަށް އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރި އެވެ. އެގޮތުން ރާއްޖޭގެ ބައެއް އަތޮޅުތައް އެ ގައުމަށް ވިއްކާލަން އުޅޭކަމުގެ ތުހުމަތުކޮށް ބައެއް ޕްރޮޖެކްޓުތަކަށް ހުރަސްއަޅާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: