ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގު ކޮނުމާއި، މަސައްކަތުގެ ފީތައް އެތައް ގުނައެއް ބޮޑު ކުރުން؛ ސްޓެލްކޯ، ސިޓީ ކައުންސިލާއި ދެކޮޅަށް ކޯޓަށް!

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުތައް ކޮނެ، އެކި މަސައްކަތްތައް ކުރުމަށް ބަންދު ކުރަން މީގެ ކުރިން ސިޓީ ކައުންސިލިނުން ނަގަމުން އައި އަގުތަކަށް ބަދަލު ގެނެސް ފީތައް ބޮޑުކޮށް ގެޒެޓު ކުރި އުސޫލުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކައުންސިލާއި ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ކަރަންޓު ބިލުތައް ނުދައްކާތީ އެ މައްސަލަ ވެސް ޖެހިފައި ވަނިކޮށް އެ އިދާރާއިން މަސައްކަތްތަކަށް ނަގާ އަގުތައް ބަދަލު ގެނައުމުން ސްޓެލްކޯއިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މަގުތައް ދޫކުރުމަށް ގޮވާލުމާއި، އަދި ބޮޑުތަކުރުފާނު މަގު ތާރުގަނޑު މައްސަލައިގައި ވެސް މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވި އެވެ.

އަގުތަކުގެ މައްސަލައާއި، ކަރަންޓު ބިލު ނުދައްކާ މައްސަލައިގައި މީޑިއާތަކާއި ބައްދަލު ކުރައްވައި ޝަރީފް ވިދާޅުވީ އަގުތަކަށް ބަދަލު ގެނައުމުގެ ކުރިން ސިޓީ ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށާއި އެ އެންގުމުގެ ލިޔުން ލިބުނީ ކުއްލި ގޮތަކަށް ކަމަށެވެ.

ކައުންސިލުން ބުނާ އުސޫލުގެ ދަށުން މަގުމަތީގައި ބަހައްޓާ ބޯޑެއްގެ އަގު ކުރިން 60 ރުފިޔާ ނަގަމުން އައުމަށް ފަހު 200 އަށް ބަދަލުކޮށް މަގު ބަންދު ކުރުމުގެ ބޯޑުގެ އަގު ވެސް 150 ރުފިޔާއިން 300 ރުފިޔާ ބޮޑު ކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވި އެވެ.

އަގުތަކަށް ބަދަލު ގެނައި އިރު ކުރުން އެއްވެސް ފީއެއް ނުނަގާ، ޖަންކްޝަން ނެގުމުގެ މަސައްކަތަށް 300 ރުފިޔާ ނެގުމަށް އުސޫލުގައި ހިމަނާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. މޭޔަރު މުއިއްޒާއި، އެނާ ދެމެދު އެއްވެސް ޒާތީ މައްސަލައެއް ނެތްކަމަށް ތަކުރާރު ކުރައްވައި ޝަރީފް ވިދާޅުވީ ކައުންސިލްގެ މި ނިންމުމުގެ ސަބަބުން ސްޓެލްކޯގެ ވަރަށް ގިނަ އާއްމު ހިދުމަތްތަކަށް ބޫރު އަރާނެ ކަމަށެވެ. އަދި އާއްމުންނާއި ގުޅުން ހުރި މަސައްކަތްތައް ފެށުމުގެ ކުރިން އަގު ނަގާނަމަ އެ މަރުހަލާ ފުރިހަމަ ކުރުމަށް ވަގުތު ހޭދަވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއީ ޖެނުއަރީ މަހުން ފެށިގެން ނަގަމުން ދާނެ އަގުތައްކަމަށް ބުނެ ކައުންސިލުން ލިސްޓު ގެޒެޓުކުރިއިރު، ފީތައް އާއްމު ކުރި ތާރީހަކީ ޖެނުއަރީ މަހުގެ ދޭއްކަމަށް ޝަރީފް ވިދާޅުވި އެވެ. އެހާ ހިސާބުން، ވެސް ކައުންސިލުގެ އުސޫލު ގޯސްކަން ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ބާތިލު އުސޫލެއްކަމަށް ސިފަ ކުރައްވައި ޝަރީފް ވިދާޅުވީ އެ ނިންމުމާއި ދެކޮޅަށް ކޮންފުނިން ކޯޓަށް ދާނެކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއްކަމަށް ޝަރީފް ވިދާޅުވީ ކައުންސިލުން އާއްމު ކުރި ގަވައިދުން މަގު ކޮނެ، ގާ ނެގުމާއި މަގު ބަންދު ކުރުމަށް ނަގާ ފީގެ އަގުތައް ކުރިއަށް ވުރެ 150 އިންސައްތަ ބޮޑުވުމެވެ.

”އަޅުގަނޑު ގަބޫލު ކުރަނީ މިއީ ބާތިލު އުސޫލެއްކަމަށް… މިއީ ސިޓީ ކައުންސިލަށް އިއުލާނު ވެސް ކުރެވޭނެ އުސޫލެއް ނޫން“ ޝަރީފް

އެހެންކަމުން، ކުރިން 30،000 ދައްކަން ޖެހޭ މަސައްކަތްތަކަށް، މިހާރު ދައްކަން ޖެހޭ އަގު 80،000 ރުފިޔާއަށް ބޮޑުވެފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.

ކައުންސިލުން ފީތަކަށް މިހާ ބޮޑު ބަދަލެއް ގެނައިއިރު، ލާމަރުކަޒީ ގާނޫނުގައި ލާޒިމް ކުރާ މަޝްވަރައާއި، ލަފާ އަދި ހުއްދަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހޯދާފައިވޭ ތޯ ސުވާލު އުފައްދައި ޝަރީފް ވިދާޅުވީ މައްސަލައިގައި ގާނޫނީ އެހެން ފުށުއެރުންތަކެއް ވެސް އެބަހުރި ކަމަށާއި އެބައި ސްޓެލްކޯގެ ގާނޫނީ ޓީމުން ކުރިޔަށް ގެންދާނެ ކަމަށެވެ. މި ހުރިހާ މައްސަލަތަކަށް ބެލުމަށް ފަހު، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ކޯޓުން ގޮތެއް ނިންމުންކަމަށް ވާތީ ސިޓީ ކައުންސިލާއި ދެކޮޅަށް މައްސަލަ ކޯޓަށް ވައްދަން ނިންމީކަމަށް ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯއިން ކޯޓަށް ދާން ނިންމީ ހައްލެއް ލިބޭތޯ މަސައްކަތް ކުރުމަށްފަހުކަމަށާއި ނަމަވެސް އެއްބާރުލުން ނުލިބުނީ ސިޓީ ކައުންސިލްގެކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކައުންސިލާއި އެކު މަޝްވަރާއަށް ދިއުމަށް ހުށަހެޅުމުން، ވެސް އެކަމަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: