ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މި ދައުރަށް 23 ބިލެއް ހުށަހަޅަނީ!

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 23 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ނިންމައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ތަފްސީލުތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުން ހުށަހަޅަން ނިންމި ބިލުތަކަކީ:

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
  2. ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  3. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  4. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  5. ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  6. މަސްތުވާތަކެއްޗާއި، ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  7. ގޭންގު ކުށްތައް މަނާ ކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  8. ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  9. މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  10. ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  11. މައުލޫމާތުތައް ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލ
  12. އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  13. ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  14. ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  15. ހައްޖާއި އުމުރާގެ ބިކު
  16. ދިވެހިރާއްޖޭގެ ކުޅިވަރުގެ ގަނޫނަށް އިސްލާހު ގެނައުމުގެ ބިލު
  17. އިސްރަށްވެހިންގެ ބޮލި
  18. ފޮރިން އިންވެސްޓްމަންޓް ބިލު
  19. އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލު
  20. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  21. އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  22. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  23. ކުނި މެނޭޖު ކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރަށް ހުށަހެޅުމަށް ގަސްތު ކުރާ ބިލުތަކުގެ ލިސްޓު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅާފަ އެވެ. މަޖިލިސް ޗުއްޓީގައި އޮތުމަށް ފަހު ޖަލްސާތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: