2016 ވަނަަ އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވުނު އިސްލާހާއި އެއްގޮތަށް ވޭތުވެދިޔަ އިންތިހާބުތަކުގައި އަމަލު ނުކުރި ސަބަބާއިމެދު މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ސުވާލު އުފައްދަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހު އާއި ހަވާލު ކުރެވިފައިވާއިރު، ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ރަސްމިއްޔާތަށް ވަޑައިނުގަންނަވައެވެ. ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންވަނީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށާއި ޓިކެޓު ހަވާލު ކުރުން ހުއްޓުވުމަށް ކޯޓަށް ހުށައަޅާފައެވެ.
ޕާޓީގެ އަމިއްލަ ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ މެމްބަރުން އުނި ކުރެވިފައިވާ މައްސަލައަށް އަލިއަޅުއްވައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، 2016 ވަނަ އަހަރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު ފިންގަރ ޕްރިންޓު ނެތް މެމްބަރު ދަފްތަރުން އުނި ކުރުމުން އިޔާދަ ކުރުމަށް ޝަރީއަތަށް ދިޔަކަމަށެވެ. އެހެންނަމަވެސް ގާނޫނާއި ހިލާފަށް އެކަން ކޮށްދެވެން ނެތްކަމަށް ޝަރީއަތުން ނިންމާފައިވާކަމަށް އެނާ ވިދާޅުވިއެވެ.
2016 ގެ ފަހުންވެސް ބޭއްވުނުހާ ޕްރައިމަރީތަކާ، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި (މަޖިލިސް ޕްރައިމަރީ، ކައުންސިލްތަކު ޕްރައިމަރީ، ރައީސް ނައިބް ރައީސް އަދި ޗެއާޕާސަން ހޮވުމާ ޤައުމީ މަޖިލިސް އިންތިޚާބުގައިވެސް) އެޔަށް އަމަލުނުކޮށް އޮތީ ކީއްވެތޯ؟ https://t.co/sLGBQIHPUZ
— Waddey (@waddey_) February 17, 2023
އަލީ ނިޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ، 2016 ވަނަ އަހަރަށް ފަހު ބޭއްވުނު އެންމެހާ ޕްރައިމަރީތަކާއި، އެތެރޭގެ އިންތިހާބުތައް ބޭއްވުމުގައިވެސް އެ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން އަމަލުކޮށްފައިނުވާކަމަށެވެ. އަދި އެ އިންތިހާބުތައް ކުރިއަށް ގެންދިޔަ އިރު، އެ ގާނޫނަށް އަމަލު ނުކުރި ސަބަބާއިމެދު އެނާ ސުވާލު އުފެއްދެވިއެވެ.

