ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޒާ އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް: ޕީޕީއެމް

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްއިން ބުނެފިއެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. ރިޒާ އަވަހާރަ ވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ރިޒާއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑަެއިގަންނަވާ މެމްބަރެކެވެ. ރިޒާ އަލީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެދްވާ ފަރާތެވެ.

ރިޒާއަށް ސަރުވަރުގޭގެ ދައިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކޮށް ޕީޕީއެމްއިން ނެރުނު ތަޢުޒިޔާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި  އޮނަރަބަލް އިބްރާހީމް ރިޒާ އަކީ އެ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ޕީޕީއެމް ވަމީ ފާހަގަ ކޮށްފައެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއްކަން ޕީޕީއެމް ވަނީ ފާހަގަ ކޮށްފައެވެ.

ރިޒާގެ އަވަހާރަވުމަކީ  އިދިކޮޅު ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އިބްރާހީމް ރިޒާ އަވަހާރަވުމުގެ ހިތާމައިގައި ޕީޕިއެމްގެ އެންމެހައި މެންބަރުން ބައިވެރިވެ، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، ގުރައިދޫ ދާއިރާގެ 3 ރަށްކަމުގައިވާ ކ. ގުޅި، ކ. މާފުށި އަދި ކ. ގުރައިދޫގެ އެންމެހައި ރައްޔިތުންނަށް ޕީ.ޕީ.އެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ވަނީ ދަންނަވާފައެވެ. އަދި މާތްﷲ އެމަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވާށިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: