ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކެޕްޓަން ނަވީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިއްޖެ

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދަުވާ އުފުލަށް ފޮނުވާފައިވާ މޭޖަރ ނަވީން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ކ. މާލެ، މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އިބްރާހީމް ނަވީން ޒުބައިރަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަންއެއްގެ މަޤާމުގައިހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައެވެ. އަދި އޭގެ އިތުރުން، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

މިއާއެކު މިމައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ 100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އަށް ވަނީ އަންގާފައެވެ. ކެޕްޓަން އިބްރާހިމް ނަވީންގެ އެކައުންޓަށް އެސްއޯއެފް އެކައުންޓުން އެއް ލައްކަ ޑޮލަރު ޖަމާވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ރިޕޯޓުން ދައްކައެވެ. މި މައްސަލައާއި ގުޅިގެން 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ ސަރުކާރުން އެ މައްސަލައިގައި ފިޔަވަޅު އަޅަމުންދާ އުސޫލުތަކުގެ ދަށުން ނަވީންއާ މެދު ވެސް ފިޔަވަޅުއަޅާނެކަމަށް ވިދާޅުވެފައިވެއެވެ.

ނަވީންގެ މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީއިރު އޭނާ ހުންނެވީ ވޯކްޝޮޕެއްގައި ރާއްޖޭން ބޭރުގައެވެ. އެހެންކަމުން އޭރު ފިޔަވަޅު އެޅުމުގައި ދަތިތަކަކާއިކުރިމަތިވިއެވެ. ނަމަވެސް ފަހުން އޭނާ ސަސްޕެމްޑް ކުރިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: