2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިންތިހާބީ މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށް، ދަރުބާރުގެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޫކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް ކުރެއްވި ޓުވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބު 2023 ގެ ”އިންތިޚާބީ މައިމަރުކަޒު“ގެ ގޮތުގައި ބޭނުންކުރުމަށް، ދަރުބާރުގެ އީސީ އަށް ދޫކޮށް ދެއްވާގޮތަށް، ޕްލޭނިންގ މިނިސްޓްރީ އިން ހަމަޖައްސަވައި ދެއްވައިފައިވާކަމަށެވެ/
ރިޔާސީ އިންތިޚާބު 2023 ގެ "އިންތިޚާބީ މައިމަރުކަޒު"ގެ ގޮތުގައި ބޭނުންކުރުމަށް، ދަރުބާރުގެ އީސީ އަށް ދޫކޮށް ދެއްވާގޮތަށް، ޕްލޭނިންގ މިނިސްޓްރީ އިން ހަމަޖައްސަވައި ދެއްވައިފި. @ElectionsMv @mvpeoplesmajlis @presidencymv @MoNPImv @FuwadThowfeek
— Ismail Habeeb (@IsmailHabeeb) March 1, 2023
ކޮމިޝަނުގެ އޮފިޝަލަކު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ދަރުބާރުގޭގައި ކުރަންހުރި މަރާމާތުގެ މަސައްކަތެއްވާނަމަ އެކަމެއް ނިންމުމަށްފަހު ކުރިއަށް އޮތް އޭޕްރީލް 25 ވަނަ ދުވަހު އިންތިހާބާ ގުޅޭ މަސައްކަތްތައް ދަރުބާރުގޭގައި ފެށުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ސިޔާސީ ޕާޓީތަކުން އަންނަނީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްޑީޕީއިން ވަނީ އެ ޕާޓިގެ ރިޔާސީ ޕްރައިމަރީ ބާއްވާފައެވެ. އަދި މިހާރު ވަނީ އެ ޕްރައިމަރީއިން ކާމިޔާބީ ހޯއްދެވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ޕާޓީގެ ރިޠާސީ ޓިކެޓު ރަސްމީކޯށް އަރުވާގައެވެ. ކޯލިޝަންހެދުމުގެ މަޝްވަރާތައްކުރުމުގެ ބާރުވެސް ރައީސް ސާލިހަށް ޕާޓީގެ ގައުމީ މަޖިލީހުންދެއްވާފައިވާއިރު، އެމްޑީޕީއާއިއެކު ކުރިއަށްދިއުމަށް އަދާލަތު ޕާޓީއިންނާއި އެމްޑީއޭއިން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީއިން ވަކި ނިމުމެއް ނިންމާފައިނުވީ ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީއިން ވާދަކުރުމަށް އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ވަނީ ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް މިއީ ކޮންމެހެން އަމަލުކުރަންޖެހޭ ގަރާރެއް ނޫނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ އެ ނިންމުން ޕާޓީގެ ކައުންސިލާއި ހަމައަށް ގެންގޮސްދެއްވާނެކަމަށެވެ.
އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ހުންނެވީ ޖަލުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކޮށްފައިވަނިކޮށް، އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އިދިކޮޅުން އަދިވެސް ބުނަމުން ދަނީ އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. އިތުރު ވިސްނުމެއް ގެންގުޅުއްވާކަން ހާމަކުރައްވާފައެއްނުވެއެވެ.

