ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ އެމްޑީޕީއަށް އޮތް ޗޮއިސްއެއް ނޫން: ވައްޑޭ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސް މެމްބަރުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދިއުމާއިއެކު މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފާޑުވިދާޅުވެ ނުރުހުން ފާޅުކުރައްވައިފިއެވެ.

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރުމާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކޯޅުންގަނޑުވަނީ ބޮޑުވެފައެވެ. ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުންދަނީ ރައީސް ސާލިހު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ސިހި ފަސްޖެހިވަޑައިނުގަންނަވާނެކަން ހާމަކުރައްވާ ޖުމްހޫރީ ޕާޓީގެ އިސްވެރިންނާއިއެކު ބާއްވަމުންދާނެކަމަށް މީގެ ކުރިން ފާހަގަކުރައްވާފައިވާ ގޮތަށް ބައްދަލުކުރައްވައި ދެ ފަރާތް ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތްތައް ކުރާނެ ގޮތާއިމެދު މަޝްވަރާކުރައްވާފައެވެ.

ރައީސް ސާލިހު އެމްޑީޕީގެ މެމްބަރުންނާއިމެދު އަމަލުކުރަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވައި ވަހީދު ޝެއަރ ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ރައީސް ސާލިހަށް ވެރިކަން ކުރުމަށް އެކުލަވާލި ކޯލިޝަންވެސް ނުހިފެހެއްޓުންކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ އިތުރުން އެމަނިކުފާނަށް އެމްޑީޕީގެ ތެރޭގައި އޮތް އެކުވެރި ގާތް ގުޅުންތައްވެސް ދެމެހެއްޓިފައިނުވާކަމަށެވެ.

ވަހީދު ވިދާޅުވީ، ރައީސް ސާލިހަކީ އެމްޑީޕީގެ އިސް ލީޑަރު ނަމަވެސް އެ މަނިކުފާނު ޕާޓީގެ އޮފީހަށްވެސް ވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ،  ޕާޓީގެ ހިންގުންތެރިކަމުގެ މަސައްކަތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިނުވާކަމަށެވެ. އެގޮތުން ގައުމީ މަޖިލިސް ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަހީދު ވިދާޅުވީ، ރައީސް ސާލިހު ހުންނެވީ އެމްޑީޕީގެ އާންމު މެމްބަރުން ވިއްސިވިހާލި ވުމަށް ދޫކޮށްލައްވައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ އެމްޑީޕީއަަށް ޗޮއިސްއެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: