ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވެރިން ފެންހިފޭގޮތަށް މަސައްކަތެއް ނުކުރޭ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވެރިންނާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނީ ޒިންމާ އެޅިފައިވާ އިދާރާތަކުން ފެންހިފޭ ގޮތަކަށް މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވަހީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ އެންމެ ބޮޑު ގައުމީ މައްސަލައިގެ ގޮތުގައި ފާހަގަކުރެވޭތާ މިހާރު 50 ހަކަށް އަހަރުވެފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީއެއް ގާއިމް ކުރެވުނު އިރުގައިވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މައިގަނޑު ފަސްވައުދު ވި ކަމަށާއި އެތަނުން އެއް ވައުދަކީ މަސްތުވާ ތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުން ނުވަތަ އެކަމަށް ހައްލު ގެނައުމެވެ.

އަދިވެސް މި މައްސަލައިގެ ސީރިއަސްކަން ކޮންމެ ރަށެއްގައި، ކޮންމެ އާއިލާއެއްގައި މިކަން ތަހައްމަލުކުރަމުންދާ ކުދިން މިއަށް ދެވިހިފާފައިވާ ކުދިންނާއި އަދި އެކުދިންގެ ސަބަބުން އާއިލާތައް މިކަން ތަހައްމަލު ކުރަން ޖެހިފައިވާ ޖެހުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އިތުރު ތަފްސީލަކަށް ދާންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން މި ހިނގާ ދައުރަށްވެސް އައު ސިޔާސަތުތަކާ އެކީގައި އެމްޑީޕީން ނިކުތީ ރާއްޖޭގައި މިފަރުވާ ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން ހުރި ދޮރުތައް ބަންދުކޮށް އަދި މި މައްސަލައަށް މިއާއިލާތައް މަސްތުވާތަކެތީގެ ސަބަބުން މިއުފުލާ އުފުލުންތަކަށް ތަސައްލީއެއް ހޯދައިދެވޭނެ ބައިވަރު ސިޔާސަތުތަކެއް ހިފައިގެން އައިސްތިބީ. އެހެންނަމަވެސް ދައުރު ނިމެން ހައެއްކަ، އަށެއްކަ މަހަށްވެގެން ދިޔައިރުވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ދުވަހެއް ދުވަހަށް މި މައްސަލައިގެ ހާލަތު ދަށްވަމުން ގޯސްވަމުން ދިއުން ފިޔަވައި މި ސަރުކާރަށް ރަނގަޅު އެކަށީގެންވާ ނަތީޖާއެއް ނުނެރެވި ދޫކޮށްލެވިފައިވާތަން.

ވަހީދު ވިދާޅުވީ  މަސްތުވާތަކެތި ބޭނުން ކުރާ ކުޑަކުދިން ކޯޓަށް ފޮނުވައިގެން އޭގެ އެސެސްމެންޓެއް ހަދަން އަހަރެއް ނުވަތަ ދޮޅު އަހަރު ހޭދަވާ ކަމަށާއި އަދި ފަރުވާ އަށް ފޮނުވުމާ ދެމެދުގައި އަނެއް ދޮޅު އަހަރު ފަރުވާ ނުލިބި ވޭތުކުރަންޖެހޭ ކަމަށެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައިގައި އަމަލުކުރާ ނިޒާމްތައް ބައްޓަން ކުރެވިފައިވާ ގޮތުން އެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުން ފަރުވާ ނުލިބި، ވަޒީފާއެއް ނުލިބި އެތައް ދުވަހެއް ވޭތުކުރަން ޖެހިފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަށް ވެފައިތިބި މީހުންނަކީ ސިއްހީ މައްސަލަ އެއް ދިމާވެގެން ނުވަތަ އެކަމަކީ ސިއްހީ ގޮތުން ދިމާވާ މައްސަލައެއްގެ ގޮތުގައި މުޖުތަމައު ބަލައިގެންފައި ވާ ކަމަށެވެ.

ވަހީދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެބައޮތް ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުގައި  މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ލިބޭނެ ގޮތެއް ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: