ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 20 ވަނަ ދުވަހު އުމްރާވެރިން ފުރުވާލެވޭނެ ކަމަށް ސަފާ ގްރޫޕުން ބުނެފި

ރާއްްޖެއިން ހައްޖަށް ދިޔަ ހާޖީންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަފާ ގްރޫޕްގެ ފަރާތުން މި ރަމަޟާން މަހު އުމްރާއަށްދާ މީހުން، މި މަހުގެ 20 ވަނަ ދުވަހު އުމްރާއަށް ފުރުވާލެވޭނެ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.

އެ ގްރޫޕުން ބުނީ ކުރިން ހަމަޖެހިފައިވާ ތާރީހުގައި އުމްރާއަށް ނުފުރުނީ ވިސާ ނުލިބިގެން ކަމަށެވެ.

ސަފާ ގްރޫޕުން ބުނީ އެއްވެސް ފަރާތަކަށް އޮޅުވާލަުމަކީ އެ ގްރޫޕުން ކުރާނެ ކަމެއް ނޫން ކަމާއި އަދި އެއީ އެ ގްރޫޕްގެ ވިސްނުމެއް ނޫން ކަމަށެެވެ.

ވިސާގެ ކަންކަމުގައި ސައުދީން ސަފާ ގްރޫޕާ މުއާމަލާތު ކުރަމުންދިޔަ އޭޖެންސީން ވިސާ ލިބިފައިވާ ކަމަށް އަބަދުވެސް ބުނަމުން ދިޔަކަން އެ ގްރޫޕުން ފާހަގަކުރިއެވެ. ނަމަވެސް ފުރަން އޮތް ދުވަހުގެ ރޭ ދަންވަރު ދިމާވި ކަމަކާއި ގުޅިގެން ސަފާ ޖަމާއަތަށް ވިސާ ނުލިބުނު ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ސަފާ ގްރޫޕުން ބުނީ ސައުދީގެ އޭޖެންސީ އެއް ކަމަށްވާ ޝަރީއަތުން މަޝާއިރު އަށް އުމްރާވެރިންގެ ޕާސްޕޯޓްތަކުގެ ކޮޕީ މިހާރު ފޮނުވާފައިވާ ކަމަށާއި ވިސާގެ ކަންތައްތައް ހަމަޖެހޭނެ ކަމުގެ ޔަގީން ކަން އެ އޭޖެންސީން ވަނީ ބުނެފައެވެ.

އުމްރާވެރިންގެ ޓިކެޓްގެ ކަންކަން ހަމަޖެއްސުމަށް ޓޫ މޯލްޑިވްސް އާ ވާހަކަ ދެކެވިފައިވާ ކަމަށާއި މި  މަހުގެ 20 ވަނަ ދުވަހު އުމްރާވެރިން ފުރުވާލެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ސަފާ ގްރޫޕުން ބުނެއެވެ.

ސަފާ ގްރޫޕުން ބުނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ އުމްރާވެރިން ފުރުވާލަނީ އިތުރު އަގެއް ނުނަގާ ކަމަށެވެ. އަދި ގްރޫޕަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އުމަރާވެރިންނަށް އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: