ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސާލިހް ކާމިޔާބުކުރާނެ !

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށް ދުވަސް ކައިރިވަމުން އަންނަ އިރު، ވެރިކަން ކުރާ އެމްޑީޕީ މި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ހިސާބުން އެމަނިކުފާނު ގެންދަވަނީ ކޯލިޝަން ހެދުމާއި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

މިއަދު އަދި މިހާތަނަށް ރައީސް ސާލިހާ އެކުގައި ކޯލިޝަން ހެދުމަށް ތައްޔާރަށް ތިބި ދެ ސިޔާސީ ޕާޓީ ކަަމަށްވާ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ. މިދެ ޕާޓީ އަކީ މެމްބަރުންގެ އަދަދުގެ ގޮތުން ބަލައިފި ނަމަ ކުޑަ ދެ ޕާޓީއެވެ. ނަމަވެސް މިދެ ޕާޓީ އާއި އެކު އިތުރު އެހެން ސިޔާސީ ޕާޓީ ތަކަށް ވެސް ކޯލިޝަންގައި ބައިވެރިވުމަށް ރައީސް ސާލިހް ވަނީ ދައުވަތު ފޮނުއްވާފައެވެ. ނަަމަވެސް މިހާތަނަށް ގިނަ ސިޔާސީ ޕާޓީތަކުން ރައީސް ސާލިހާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ޝައުގުވެރިކަމެއް ނެތެވެ.

ރައީސް ސާލިހަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖުމްހޫރީ ޕާޓީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމި ނިންމުމެވެ. އެހެން ކަމުން މިއަހަރުގެ އިންތިހާބަކީ ވާދަވެރި އިންތިހާބެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމުމާއެކު، ސަރުކާރުގެ މަގާމްތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން ގާސިމް ދޫކުރައްވައި ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމިއެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީއަށް ފާޑުކިޔުންތައް އަމާޒު ވުމާއެކުގައި ގާސިމް ވިދާޅުވީ ޕާޓީން ވަކިވަނީ މަގާމު ދެމެހެއްޓުމަށް ކަމަށް ބުނެ އިއުލާން ކުރުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވަކިވާއިރު ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރުމަށްވެސް ގާސިމް އެދިވަޑައިގެންނެވިއެވެ.

ރައީސް ސާލިހް ވަނީ ގާސިމް އާއި އެތަކެއް ފަހަރު ވަކިވަކިންނާއި އެމަނިކުފާނުގެ މަންދޫބުން މެދުވެރިކޮށް ބައްދަލުކޮށް މި އިންތިހާބުގައި އެމަނިކުފާނުގެ ފަހަތަށް އެރުމަށް ގޮވާލާފައެވެ. ނަަމަވެސް ރައީސް ސާލިހްގެ ދައުވަތަށް ހުރަސް އެޅުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީށް ނަޝީދު ގެންދަވަނީ ގާސިމް އަށް ވެރިކަމަށް ނުކުތުމަށް ހިތްވަރުދީ ވިސްނައިދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގާސިމް ރައީސް ސާލިހާަ އެކު މިފަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ނަހަދާނެ ކަމަށެވެ. ކަންތައް ވެގެންވެސް ދިޔައީ އެހެންނެވެ. އަދި މިހާތަނަށް މިސަރުކާރާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ގާސިމް ބޭނުމެއް ނުވެއެވެ. ބަދަލުގައި ގާސިމް ބޭނުންވަނީ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހަދައިގެން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.

ގާސިމް އާއި ރައީސް ނަޝީދުގެ ބައްދަލުވުންތައް ދޭތެރެ ދޭތެރެއިން ކުރިއަށްދެއެވެ. އެގޮތުން ދާދި ފަހުން ރައީސް ނަޝީދާއި ގާސިމް އާއި ދެބޭފުޅުންގެ ޓީމްގެ ބޭފުޅުން ހިމެނޭހެން ސަން އައިލެންޑްގައި ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ބައްދަލުވުމަކީ މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.

ރައީސް ނަޝީދު ގާސިމް އާއި ގުޅިގެން ގާސިމް އަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރާތީ އެކަމާ ހިތްހަމަ ނުޖެހޭ އެތައް ބަޔަކު ބުނަމުންދަނީ ރައީސް ނަޝީދަށް ރަނގަޅު ގޮތަކީ ގާސިމް ދޫކޮށް ރައީސް ސާލިހާ އެކުގައި ސިޔާސީ މަސައްކަތް ކޮށް މިއަހަރުގެ އިންތިހާބު އެމްޑީޕީ އަށް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވުމުން އެކަމާ ހިތްހަމަ ނުޖެހިގެން ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު އަދި އެކުގައި ކުރާނެ އިތުރު ސިޔާސީ މަސައްކަތެއް ނެތް ކަމަށް ބުނުމަށްފަހު ގާސިމްގެ އަރިހަށް ވަޑައިގަތީއެވެ.

ރައީސް ސާލިހް އަދިވެސް ހުންނެވީ ދެވަނަ ދައުރެއް ކާމިޔާބު ކުރާނެ ކަމުގެ ފޮނި އުއްމީދުގައެވެ. މިއަދު އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވާފައިވާތީ އެެކަމުގެ ކަންބޮޑުވުންތައް އިދިކޮޅުގެ ހުރި ނަމަވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށް ޕީޕީއެމް އާއި ޕީއެންސީން ގަބޫލުކުރެއެވެ. ޕީޕިއެމް އަދި ޕީއެންސީ ތިބީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ހަދަން ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޕީޕީއެމްވެސް ވަކިން ނުކުންނާނެ ކަމަށް ބެލެވެއެވެ.

މިހާރު ބާކީ ގޮތް ނުނިންމާ އޮތް ޕާޓީ އަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް ނުވަތަ އެމްއާރުއެމްއެވެ. އެމް އާރު އެމް އިން ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނިންމުން އަވަސް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ދައުވަތު އެމްއާރު އެމްއަށް ލިބި އެކަމަށް އެ ޕާޓީން ޝައުގުވެރިން ފާޅުކޮށްފައިވި ނަމަވެސް އެމް އާރުއެމް އިން ފާހަގަކުރާ އެއް ކަމެއް އެބައޮތެވެ. އެމްއާރުއެމް އިން ވަކިން ސިޔާސީ މައިދާނުގައި ވާދަކުރުމުގެ ވާހަކަ އަދި މިހާތަނަށް ދައްކާފައިނުވެއެވެ. އެހެން ކަމުން ކޯލިޝަނެއްގައި އެމްއާުރު އެމްގެ ފަރާތުން ބައިވެރި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސާލިހް ކާމިޔާބު ކުރުމާއި ނުކުރުން ގުޅިފައިވަނީ އެމަނިކުފާނާ އެކުގައި އިންތިހާބުގެ ކެމްޕޭން ފެށޭއިރު އަދި ނިމޭއިރު ތިބޭ މީހުންގެ އަދަދެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގާސިމް އާއި ރައީސް ސާލިހް ވަޑައިގެންފާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހިސާބުން ރައީސް ސާލިހްގެ ފަހަތަށް ގާސިމް، ދެވަނަ ބުރުގައި އެރުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ގާސިމްގެ ފަހަތަށް އެރުމަށް ރައީސް ސާލިހަށް ދައުަވަތު ދިނުމަކީ ވެސް ވެދާނެ ކެމެކެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސާލިހް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަމުންދަނީ ރާއްޖޭގެ ރަށްތަކުގެ ބަނދަރުތަކާއި ނަރުދަމާތައް ގާއިމްކޮށްދީފައިވާތީއެވެ. އަދި ސަރުކާރުގެ ފަރާތުން ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގައި އާސަންދަ ނިޒާމް ފުޅާކޮށް އާރުޓީއެލް ފެރީގެ އެއްގަމާއި ކަނޑުގެ ވިއުގާއިން އެއްރަށާއި އަނެއްރަށް އަދި އެއް އަތޮޅާއި އަނެއް އަތޮޅު ގުޅާލާފައި ވުަމަކީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ކަމަށް ރައީސް ސާލިހްގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ. އެހެންކަމުން ދެވަނަ ދައުރަކަށް ރައީސް ސާލިހް ހޮވުން ރަނގަޅުކަމަށް ގިނަ ރައްޔިތުން ދެކެއެވެ.

ވަރަށް ގަދަ
3%ވަރަށް ގަދަ 44%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 23%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: