ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީއަށް ވުރެ ހަރަދުތައް އިތުރުވަނީ ސަރުކާރުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާތީ: އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ތުހުމަތުކުރައްވައިފިއެވެ.

ދައުލަތުން މި އަހަރުގެ ތެރޭގައި ކޮށްފައިވާ ހަރަދުތައް 11 ބިލިއަނަށް އަރާފައިވުމާއިއެކު އާދަމް ޝަރީފްވަނީ ރާއްޖޭގެ މާލީ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ލިބޭ އާމްދަނީއަށްވުރެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ ހަރަދުތައް ވަނީ އިންތިހާއަށް ބޮޑުވެފައިކަމަށެވެ. އޭނާ ވިދާޅުވީ، ހަރަދު ބޮޑުވެފައިވަނީ 2023ގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރައްވަމުންދާ ހަރަދުތައް އިތުރުވެފައިވާތީކަމަށެވެ.

އޭނާ ވިދާލުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލާކަމަށެވެ. އަދި ރާއްޖޭގެ މިނިވަން މުއައްސަސާތަކުން ހަރަދުތައް އިތުރުވަމުންދާ މައްސަލައާއިމެދު ސަމާލުވުމަށްވެސް ގޮވާލާކަމަށް އާދަމް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިހާއަށް ނުފޫޒު ފޯރުވަމުންދާކަމަށް އިދިކޮޅު ޕީޕީއެމްގެ އިސް މެމްބަރެއްކަމަށްވާ އާދަމް ޝަރީފް ތުހުމަތުކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުނީވެސް އެ ޕްރައިމަރީގެ ނަތީޖާއަށް ނުފޫޒު ފޯރުވައިގެންކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕާޓީގެ ދަފްތަރުން 40،000 އާއި ގާތް ކުރާ އަދަދަކަށް މެމްބަރުން އުނިކުރެވިފައިވަނީ ރައީސް އަށް ޕްރައިމަރީ ކާމިޔާބު ކުރެވޭ ގޮތަށް އިންތިހާބުގެ ކަންކަން އިންތިޒާމު ކުރުމަށްކަމަށްވެސް ރައީސް ނަޝިދުވަނީ ތުހުމަތުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: