ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި 3 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯސްޓު މެދުވެރިކޮށް، ރާއްޖެއަށް ގެނައި ތީތިވުމަށް ބޭނުން ކުރާ ބައެއް ސާމާނުތަކުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓައި އަތުލައިގެންފި އެވެ.

ކޮސްމެޓިކްސް ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މިއަދު އަތުލައިގަތް އިރު މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.

މީޑިއާތަކަށް އާއްމު ކުރި ބަޔާނެއްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ކުރިއާ މެދުވެރިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތްކޮށްފައި ވަނީ އިނގިރޭސިވިލާތުން ގެނައި ޕެކޭޖެގައި ފޮރުވައިގެން ކަމަށެވެ.

މިއީ މާޗު 29، 30 ގައި ރާއްޖެއައި ޕެކޭޖުތައްކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެ އެވެ.

ކަސްޓަމްސްއިން ބުނީ އެ ޕެކޭޖު ބަލައި ފާސްކޮށްފައި ވަނީ، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން ކަމަށެވެ. އެގޮތުން 29 މާޗުގައި އައި ދެ ޕެކޭޖެއްގައި ހުރި 06 ދަޅަކާއި، 31 މާޗުގައި ބަލައި ފާސް ކުރި ޕެކޭޖުގައި ހުރި 04 ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމަށް ވާ މެފްޑްރޯންއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ޕެކިންގެ ޖުމްލަ ހިމެނޭހެން، ބަރުދަނުގައި މަސްތުވާތަކެތީގައި 1.8 ކިލޯ ހުއްޓެވެ. އަދި މަސްތުވާތަކެތީގެ މަގުމަތީ އަގު 3.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާ ކުރެވެ އެވެ.

ކަސްޓަމަސްއިން މިހާރު ވަނީ އެތަކެތި ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: