ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްލޫފްގެ މައްސަލައާއިއެކު “ރޯޔަލް ރޭޕް”ގައި ހިމެނޭ ޝާންގެ މައްސަލަ ވެސް ބޭރުކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ދައުުވާ ކުރި އެމްއެމްޕީއާރްސީ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފައި ވަނިކޮށް ރޯޔަލް ރޭޕްގެ ނަމުގައި އާއްމުންގެ ސަމާލުކަން ހޯދި އަބްދުﷲ ޝާންގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފިއެވެ. ޝާނަކީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިކަލުންނެވެ. ޖީހާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑުބޭބެ ވިދާޅުވާ ބޭކަނބަލެކެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ޝާންގެ މައްޗަށް ދައުލަތުން ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.

ޖިންސީ ގޯނާ ކުރުމުގެ ކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނަމަ އަދަބަކަށް އަންނާނީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ ނޫން ގޮތަކަށް ނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށްތަކެވެ. އެ ދެ ކުށުގެ އަދަބަކީ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ތިން މަހެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހުޅުމާލޭ މެޖިސްޓްރޭޓުން ކޯޓުން ބޭރުކޮށްލީ މަދަަނީ މިންގަނޑުން ބަލާއިރު އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެއެވެ. އެމައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ ހަފްތާގައި ކަމަށް ވެއެވެ.

2021 ވަނަ އަހަރު ދައުވާ އުފުލި އެމައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓުން ކޯޓުން ބޭރުކޮށްލިއިރު މިނިސްޓަރ މަހްލޫފްގެ މައްސަލަ އަނބުރާ ގެނައީ ކްރިމިނަލް ކޯޓުގައި އޮއްވައެވެ. މަހްލޫފްގެ މައްސަލަ އަނބުރާ ގެންނަން ދައުލަތުން ދެއްކި އުޒުރަކީ މައްސަލަ ސާބިތު ކުރެވޭނެ ވަރަށް ހެކި ނެތުމެވެ. ނަމަވެސް މީގެ ކުރިން ދައުލަތުން ވަނީ އެމައްސަލަ ސާބިތުކުރަން ހެކި އެބަހުރި ކަމަށް ބުނެ ހައިކޯޓުގައި ވެސް ވަކާލާތު ކޮށްފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 29%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: