ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްކޮންސް ކުންފުނި ވިއްކާލިޔަސް ރާއްޖޭގައި ކުރާ މަސައްކަތްތަކަށް އަސަރެއް ނުކުރާނެ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްކޮންސް ކުންފުނި ވިއްކާލުމުގެ ސަބަބުން ރާއްޖޭގައި އެ ކުންފުނިން ހަވާލުވެފައިވާ މަސައްކަތްތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެފްކޮންގްސްގެ މައި ކުންފުނިން އެ ކުންފުނި ވިއްކާލުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އަޑުފެތުރިފައިވާއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާންވަނީ ބުރިޖު މަޝްރޫޢޫ ދިފާއުކުރައްވާފައެވެ. މިއުވާން ވިދާޅުވީ އެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށެވެ.

އޭނާވަނީ އެ މަސައްކަތްތައް ކުރުމަށް ގެންގުޅުނު ”ރުމޭލާ“ ކިޔާ ޕްލެޓުފޯރމު ފުރުވާލާފައިވާކަމަށްވެސް އަލިއަޅުއްވާފައެވެ. މިއުވާން ވިދާޅުވީ، އެ އުޅަނދު ފުރައިގެން ގޮސްފައިވަނީ އެ ވަސީލަތް ބޭނުންކޮށްގެން ކުރުމަށް ކަނޑައެޅިފައިވާ ކަންކަން ނިންމާލުމަށްފަހުކަމަށެވެ. އަދި އެ އުޅަނދު ފުރުމުގެ ސަބަބުން މަސައްކަތްތައް ހުއްޓިފައިނުވާކަމަށް މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާ ދާދި ފަހުން އެ ސަރަހައްދަށް ޒިޔާރަތްކުރެއްވާ، މަސައްކަތްތައް ކުރިއަށް ދާ ގޮތް ބެއްލެވިކަމަށެވެ. އަދި އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދާދި ފަހުން ޕްލޭނިންގް މިނިސްޓްރީއިންވަނީ އެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ނޫސްވެރިންނާއި ހިއްސާކޮށްފައިކަމަށެވެ. އަދި މިހާރު އެ ސަރަހައްދަށް ޒިޔާރަތްކުރާ އާންމުނަށްވެސް ކޮންމެ ދުވަހަކުވެސް މަސައްކަތްތައް ކުރިއަށް ދާކަން ފެނިވަޑައިގަންނަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްކޮންސް ކުންފުނި ވިއްކާލުމާއި ގުޅޭގޮތުންވެސް މިއުވާންވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތައް ވިއްކާ ހެދުމަކީ އާންމުކޮށް ކުރާ ކަމެއްކަމަށެވެ. އެހެންކަމުން އެ ކަމުގެ ސަބަބުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކަށް ނޭދެވޭ އަސަރެއް ނުކުރާނެކަމަށް ވިދާޅުވިއެވެ. އޭނާ ވަނީ މިސާލެއްގެ ގޮތުގައި ޓީއެމްއޭ އެތައް ފަހަރެއްގެ މަތިން ވިއްކާލާފައިވާކަމަށް އިޝާރާތްކުރައްވާފައެވެ. އަދި ދާދި ފަހުންވެސް އެފަދަ މުއާމަލާތެއް ކުރެވިފައިވާކަމަށާއި އެހެންނަމަވެސް އެ ކުންފުނީގެ މަސައްކަތްތަކަށް އެއްވެސް އަސަރެއް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، އެފްކޮންސްގެ ހިއްސާތައް އެހެން ބަޔަކަށް ވިއްކާލުމަކީ އެ ކުންފުނިން ރާއްޖޭގެ ސަރުކާރާއި އެކު ވެފައިިވާ އެއްބަސްވުންތަކަށް އަސަރުކުރާނެކަމެއް ނޫންކަމަށެވެ. އެހެންކަމުން މަސައްކަތްތައްވެސް ކުރިއަށް ދާނެކަމަށާއި އެހެންނަމަވެސް ސިޔާސީ ބޭފުޅުންނާއި  އިގްތިސާދީ ދާއިރާގެ ބައެއް ފަރާތްތަކުންވެސް ހަގީގަތް އެނގިވަޑައިގެން ތިއްބަވައި ރައްޔިތުންނަށް އޮޅުވާލެއްވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: