ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 57 އަހަރު ފުރުން ފާހަގަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 57 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު، އެއާޕޯޓްގެ ހުރިހާ ސްޓޭކްހޯލްޑަރުންނާއި މުވައްޒަފުންނަށް މިދިޔަ އަހަރުތަކުގައި ދެއްވި ފަސްނުޖެހޭ އެއްބާރުލުމަށް އެއާޕޯޓް މެނޭޖްމަންޓުން ވަނީ މުވައްޒަފުންނަށް ޝުކުރު އަދާ ކޮށްފައެވެ.

ފަސިންޖަރުންނާއި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެއާޕޯޓްގެ ވަސީލަތްތައް ރަނގަޅު ކުރުމަށް އެއާޕޯޓް މެނޭޖްމަންޓުން ވައުދުވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރު ވީއައިއޭގެ ހިދުމަތްތަކާއި ވަސީލަތްތައް ރަނގަޅުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، ކޯޑް-އެފް ރަންވޭ އާއި ނޫވިލޫ ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަންތައް ފެށުމަކީ ވެސް މުހިންމު އިންފްރާސްޓްރަކްޗާ ތަރައްގީތަކެކެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާރޯ ރެސިޑެންސްގެ އެޕާޓްމަންޓްތައް ނިންމައި އެ އެޕާޓްމަންޓްތައް ވެރިންނާ ހަވާލުކޮށް، ގިނަ މުވައްޒަފުންނަށް އިންތިޒާރު ކުރަމުން އައި ހުވަފެނެއް ފުރިހަމަކޮށްދިނެވެ.

ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިދިޔަ ވީއައިއޭ އިން އާ ވީއައިޕީ ބިލްޑިންގް ފޭސް 1 އިން ހިދުމަތް ދޭން ފެށިއިރު، މީގެ އިތުރުން މެހެމާނުންގެ އައުމާއި ފުރުމުގެ ތަޖުރިބާ ރަނގަޅު ކުރުމުގެ މަސައްކަތް ޓާމިނަލްގައި ކުރިއަށް އެބަދެއެވެ.

އެއާޕޯޓް މެނޭޖްމަންޓުން ވަނީ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުގައި މުވައްޒަފުން ތަރައްގީ ކުރުމަށް އިސްކަންދީ، އެކި ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން މުވައްޒަފުންގެ ޓެކްނިކަލް ކެޕޭސިޓީގައި ހުރި ފަރަގުތައް ހައްލުކޮށްފަ އެވެ.

މި ހުރިހާ ކުރިއެރުންތަކަކީ އެއާޕޯޓުގައި ގެސްޓުންގެ ތަޖުރިބާ މަތިކުރުމަށް އެހީތެރިވެދޭ ކަންކަމެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މަހްޖޫބް ޝުޖާއު ވަނީ އެއާޕޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެ، އެއާޕޯޓުގެ އިންފްރާސްޓްރަކްޗާއާއި ހިދުމަތާއި މުވައްޒަފުންގެ ތަމްރީނަށް ގެނެވޭ ކޮންމެ ކުރިއެރުމަކުން ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. މަހްޖޫބު ވަނީ އެއާޕޯޓުގެ 57 އަހަރުގެ ކުރިއެރުމުގެ ތާރީހަށް އެއާޕޯޓުގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ފާއިތުވި 57 އަހަރު ތެރޭގައި ހާސިލްކުރެވުނު ކަންކަމާ މެދު އެއާޕޯޓް މެނޭޖްމަންޓުން އިންތިހާއަށް ފަޚުރުވެރިވާ ކަމަށާއި، ރަނގަޅު ވަސީލަތްތަކާއި ހިދުމަތްތަކާއެކު ފަސިންޖަރުންނާއި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: