ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ވަކިނުވެ މިހުރީ ރައީސް ނަޝީދު ވަކި އެއްޗެއް ވިދާޅުނުވާތީ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި އޭނާ ވަކިވުމުގެ މަޝްވަރާތައް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ކޮށްފައިވާނެކަމަށާއި، އަދި ޕާޓީއިން ވަކިނުވެ ހުރި ސަބަބަކީ ރައީސް ނަޝީދު ވަކި އެއްޗެއް ވިދާޅުވެފައިނުވުންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ”ފިކުރެއްގެ ދިރުން“ އިން ކުރަމުންދަނީ ރާއްޖެ އިސްލާހުކުރުމުގެ މަސައްކަތްކަމަށެވެ. އެމްޑީޕީއިން ރައްޔިތުން ކައިރީ ވައުދުތައްވެ، ތިލަފަތުގެ ހަމަހަމަކަމޭ ކިޔައިގެން ވެރިކަން ހޯދީ 5 އަހަރު ވަންދެން ވައްކަންކުރުމަށް ނޫންކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ”ފިކުރެއްގެ ދިރުން“ ފަރާތުން ސަރުކާރު ހަމަ މަގަށް ގެނައުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރުމަށް ޕާޓީއިން ކެނޑެންޖެހުމަކީވެސް މައްސަލައެއްނޫންކަމަށް ފާހަގަކޮށް އިބްރާހީމް ރަޝީދު ވިދާޅުވީ، ޕާޓީއިން ކެނޑުމާއި ބެހޭ މަޝްވަރާތައް ރައީސް ނަޝީދާއި ކޮށްފައިވާކަމަށެވެ. ޕާޓީއިން ނުކެނޑި މަޑުކުރައްވައިގެން ހުންނެވި ސަބަބެއްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވީ ރައީސް ނަޝީދު އަދި މިހާތަނަށް އެކަމާއި ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެފައިނުވުމެވެ.

ހަގީގަތުގައި އަޅުގަނޑު މިހުރީ ހިތާއި، ސިކުނޑިން ޕާޓީއިން ވަކިވެފަ. އަޅުގަނޑު ވަރަށް ލޯބިވި ޕާޓީއެއް، އަދި ވަރަށް ގިނަ ރައްޔިތުން އެ ޕާޓީއަކަށްޓަކައި ގުރުބާންވެސް ވީ ޕާޓީއެއް.

އިބްރާހީމް ރަޝީދު ވިދާޅުވީ އޭނާ އެމްޑީޕީގައި ހުރީ ޕާޓީގެ ކުލައާއި ލޯގޯއަށް އެކަނި ބެލުމަށްފަހު ނޫންކަމަށާއި، ޕާޓީގެ އަސާސްތަކުގައި ހުރި ފޮނި މީރުކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދައިދިނުމާއި، މިފަދަ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދީ، އަދުލު އިންސާފު ގާއިމްކުރުމަކީ އެމްޑީޕީގެ އަސާސް ނަމަވެސް މިއަދު މި މަގުން މަސައްކަތްނުކުރެވޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ އުފެއްދީ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ލިބޭނެ ގޮތްތަކެއް ހޯދައިދިނުމަށްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ އޭނާ އެމްޑީޕީއަށް ވަނީ އިންތިހާބުތަކާއި ކައިރިވުމުން ރައްޔިތުން ރުއްސުމަށްފަހު، ދެން ގުލާނުކުރުވުމަށް ނޫންކަމަށާއި، އެހެންކަމުން ޕާޓީއިން ވަކިވެގެންދާ އޭނާ ދެރައެއްނުވާނަންކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: