ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމި ހުންނާނީ ސަރުކާރާއި އެކު، ދާއިރާ ރައްޔިތުންގެ މެމްބަރެއް ގޮތުގައި: ޝާޒް

ގުރައިދޫ ދާއިރާގެ ކެމްޕެއިން ބައްދަލުުވުމެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައި ދެމި ހުންނަވާނެކަމަށް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރއްވި އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ޝާޒް ވިދާޅުވެއްޖެ އެވެ.

އަހަރުތަކެއް ވަންދެން ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާއާއި، ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އިއްޔެ އޮތް ބައި އިލެކްޝަނުގަ އެވެ. ތަފާތު ބޮޑު ނޫން ނަތީޖާއަކުން އެމްޑީޕީއަށް ގޮނޑި ކާމިޔާބު ކުރެވުނު ނަމަވެސް، ސަރުކާރުގެ މެމްބަރުން ވަނީ ރައީސަށް ދެވަނަ ދައުރެއް ލިބޭނެކަން ކަށަވަރުވެފައިވާކަމަށް ބުނެފަ އެވެ.

އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުގައި އެމްޑީޕީގެ ކެނޑިޑޭޓު ޝާޒް ގޮނޑި ކާމިޔާބު ކުރީ 1346 ވޯޓުންނެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓު ހުސެއިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު، އެމްއެންޕީގެ އަލީ އާރިފަށް ލިބިފައި ވަނީ އެންމެ 122 ވޯޓެވެ.

ކާމިޔާބީއަށް ފަހު ވީޑިއޯއެއް އާއްމު ކުރައްވައި ޝާޒް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ތާއީދު އަބަދުވެސް ބަލައިގަންނާނެ ކަމަށެވެ. އަދި ދެމިހުންނާނީ ސަރުކާރު މެމްބަރެއްގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކުކަމަށް ވިދާޅިވި އެވެ.

ޝާޒް ވިދާޅުވީ ގުރައިދޫ ދާއިރާގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި އެކުގައި ކުރިޔަށް ދާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށެވެ.

މިއީ ގުރައިދޫ ދާއިރާގެ ތާރީހު ވެސް ބަދަލުވެގެން ދިޔަ ނަތީޖާއެއްކަން ފާހަގަކޮށް ޝާޒް ވިދާޅުވީ، އޭނާއަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ރައީސް ސޯލިހު އޭނާއަށް ދެއްވި ލަފައާއި އިރުޝާދާއި އެމަނިކުފާނު ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރާކަމަށް ވިދާޅުވި އެވެ.

އެތެރޭގެ މައްސަލަތައް ގޯސްވެފައި ވާތީ، ގިނަ ބަޔަކު ގަބޫލު ކުރީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ވޯޓުގެ އެއް ދުވަސް ކުރިން ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެވިގެން ދިޔަ އެވެ. އެމްޑީޕީއަށް ގޮނޑި ގެއްލުވާލުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި މިންވަރަކަށްކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅުން ތުހުމަތު ކުރަނީ އެމްޑީޕީން ގޮނޑި ކާމިޔާބު ކުރީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި ވޯޓުގެ ނަތީޖާއާއި މެދު ސުވާލު އުފެއްދި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: