ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު މަޝްރޫއު ނިންމާނެކަމަށް ބުނެ މާ ގިނަ ތާރީހުތަކެއްނުދެން، ކޮންޓްރެކްޓަށް ބަދަލެއް ނާދެ: އަސްލަމް

މެމްބަރުން ކުރެއްވި ސުވާލުތަކަށް އަސްލަމް ޖަވާބުދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު މަޝްރޫއު ނިންމާނެކަމަށް ބުނެ މާ ގިނަ ތާރީހުތަކެއްނުދެންކަމަށާއި، ކޮންޓްރެކްޓަށްވެސް ބަދަލެއް ނާންނަކަމަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް ޕްލޭނިން މިނިސްޓަރު ހާޒިރުކޮށްފައިވާއިރު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ތިލަމާލެ ބުރިޖުގެ މަޝްރޫއުއާއި ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލުކޮށްފައެވެ. ސުވާލުކުރުމުގެ ފުރުސަތުގައި ސައީދު ވަނީ ސަރުކާރުންވަމުންދާ ވައުދުތައް ނުފުއްދާކަމަށް ވިދާޅުވެ، މިނިސްޓަރަށް ބަހުގެ ހަމަލާތަކެއްވެސް އަމާޒުކުރައްވާފައެވެ. އެގޮތުން ހިކިފަސްތަނެއްގައި ފައި ޖެހޭއިރަށް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެންދަވަނީ ވައުދުތައް ވަމުންކަމަށާއި، އެ ވައުދުތައް ނުފުއްދާނަމަ މެންބަރުން ސުވާލުކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

އެފްކޮންސްއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަޝްރޫއާއި ގުޅިގެން ކުރި ސުވާލުގައި މެންބަރުވަނީ މި މަޝްރޫއު ކުރިއަށްދާ ގޮތުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ އިންޖީނަރުންގެ ކަންބޮޑުވުން އެބައޮތްކަމަށް ވިދާޅުވެފައެވެ. މަސައްކަތުގެ ކުއަލިޓީއާއިމެދު ބައިނަލްއަގުވާމީ ފަރާތްތަކުގެވެސް ކަންބޮޑުވުން އެބައޮތްކަމަށް ސައީދު ވިދާޅުވިއެވެ.

އެމީހުން ޗައިނާގެ ކުންފުންޏަކާއި ނުވަތަ ދުނިޔޭގެ އެހެން އިންޖީނިއަރިން ކުންފުންޏަކާއި، ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށް ނުގޮސްގެން ވާހަކަދައްކާފައިވާކަން އެނގިވަޑައިގެންފައިވޭތޯ ސައީދު ވަނީ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެފްކޮންސްއިން ކުރާ މަސައްކަތުގެ ކުއަލީޓީގައި މައްސަލައެއް ހުރެގެން ދިވެހިރާއްޖޭގެ އިންޖީނިއަރުން ކަންބޮޑުވުންފާޅުކުރި އަޑު އޭނާ ނާއްސަވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ބަޔަކު އެކަހަލަ ވާހަކައެއް ދެއްކި ވާހަކައެއްވެސް ނާހަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތިލަމާލެ ބުރިޖުގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކަވާއިރު، ޒިންމާދާރު ގޮތެއްގައި ދެއްކެވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ ތިލަމާލެ ބުރިޖުގެ މަޝްރޫއުއާއި ގުޅިގެން ސުވާލުކޮށްފައެވެ. އެގޮތުން މަޝްރޫއު ނިމޭނެކަމަށް ބުނެ ގިނަ ތާރީހުތަކެއް ދެއްވި ނަމަވެސް އެއާއި އެއްގޮތަށް މަސައްކަތްކުރިއަށްނުދާތީ، ދެން މަޝްރޫއު ނިންމޭނީ ކޮން ތާރީހެއްގައިތޯ މެންބަރު ސުވާލުކުރިއެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދާ އެފްކޮންސް ކުންފުނި ވިއްކާލަން އުޅޭތީ، އެކަމުގެ ސަބަބުން އެފްކޮންސްއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް އެއްވެސް އަސަރެއް ކޮށްފާނެތޯވެސް މެންބަރު ސުވާލުކުރިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެފްކޮންސް ވިއްކާލި ނަމަވެސް ބުރިޖުގެ މަޝްރޫއުއަށް އެއްވެސް އަސަރެއްނުކުރާނެކަމަށެވެ. އަދި މިއީ އަލަށްވާކަމެއްނޫންކަމަށާއި، ކޮންޓްރެކްޓްތައް ވެލިޑްވާނެކަމަށާއި، އަދި އެއާއި ގުޅޭ ގާނޫނުތައް ތަންފީޒްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބުރިޖު ނިންމޭނެ ތާރީހާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ނިންމާނެކަމަށް ބުނެ އެހާ ގިނަ ތާރީހު ދެވުނު ހަނދާނެއް ނެތްކަމަށާއި، ކޮންޓްރެކްޓްގައި އިން މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށެވެ. އިތުރަށް ވަގުތުދީ، މިފަދަ އެއްވެސް ބަދަލެއް ކޮންޓްރެކްޓްއަށް ގެނެސްފައިނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރު ތާރީހެއް ނުދެންކަމަށް މިނިސްޓަރު ތަކުރާރުކޮށް ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: