ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާ އިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީނަގަން ފަށާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާއިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ކުނިމެނޭޖު ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ޙަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަންވާނެއެވެ.

ގާނޫނުގެ ދަށުން ފީ ނެގުން އިސްތިސްނާވާ ޕާލާސްޓިކް ކޮތަކަކީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުންނާއި،  ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނަރ” އިން ފީއެއް ނުނެގޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ފީ ނަގަން ފަށަން ޖެހޭނީ ގާނޫނު ތަސްދީގް ކުރުމަށް ފަހު ހަތަރު މަސް ފަހުންނެވެ. އެހެން ކަމުން މިއަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަސް (މާދަމާ) ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި. ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ރަސީދުގައި، އެ ފަރާތުން ކަސްޓަމަރުގެ އަތުން ނެގި ޕްލާސްޓިކް ކޮތަޅުގެ ފީގެ މިންވަރު ވަކިން އެނގޭނެހެން ހިމަނަންވާނެއެވެ. ޕްލާސްޓިކް ކޮތަޅުގެ ފީއިން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ “ގުޑްސް އެންޑް ސަރވިސަސް ޓެކްސް” މުވަތަ ޖީއެސްޓީއެއް ނުނެގޭނެއެވެ.

ކުނިމެނޭޖު ކުރުމުގެ ގާނުނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ގާނޫނުގައި ބުނެފައިވާ ގޮތުގައި  މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، މީރާއަށް ދެއްކުން ލާޒިމުވެގެންވެއެވެ.

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި އެ ފަރާތްތަކުގެ މައްޗަށް ގާނުނު  ތަންފީޛުކުރުމަށް އެކުލަވާލަންޖެހޭ ގަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން ތިން މަސްދުވަހުގެ ތެ ރޭގައި މީރާއިން އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދައްކާނީ  މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގައި އެ ފަރާތްތަކުން މީރާ އަށް ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށެވެ. އަދި މިގޮތަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖީ.އެސް.ޓީއާ ވަކިކުރެވެންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ “މޯލްޑިވްސް ގްރީން ފަންޑް” އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: