ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ރިޔާސީ ކެނޑިޑަސީ ބަދަލުކުރުމަށް އުޅޭކަމުގެ ތުހުމަތުކުރެވިފައިވަނިކޮށް އާދަމް ރަމީޒު ޕާޓީއިން އިސްތިއުފާދީފި

ކައުންސިލު މެމްބަރު އާދަމް ރަމީޒު: ފޮޓޯ/ ސިޓީ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުއަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑަސީ ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ތުހުމަތު ކުރެވިފައިވަނިކޮށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު އާދަމް ރަމީޒު ޕާޓީއިން އިސްތިއުފާދެއްވުމަށް ސިޓީ ފޮނުއްވަވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ހަވާލުކުރެވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވުމުގެ ސަބަބުން އެހެން ކެނޑިޑޭޓެއް ނުނެރިއްޖެ ހާލަތެއްގައި އެ ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ޕާޓީގެ ތެރެއިން ފެކްޝަންތައް އުފެދި ބައެއް ފަރާތްތަކުން މޭޔަރ މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ ވާހަކަތައް ފެތުރިގެންދިޔައެވެ.

އެ ވާހަކަތަކާއިއެކު އިދިކޮޅުގެ މެމްބަރެއްކަމަށްވާ އާދަމް ރަމީޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އިދިކޮޅުން ރައީސް ޔާމީން ނޫން އިތުރު ކެނޑިޑޭޓެއް ނެރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އިސްކޮށް ތިއްބަވާ މެމްބަރުންވަނީ އެކި ފުރުސަތުތަކުގައި ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މޭޔަރ މުއިއްޒު އަދި ތާއީދުކުރައްވާ ފަރާތްތަކުން ތާއީދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ތުހުމަތުތައް ކުރެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ރަމީޒުގެ މައްސަލަ ބެލުމަށް އިދިކޮޅުގެ ސުލޫކީ ކޮމިޓީއަށް ހުށައަޅާފައިވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ރައީސް ޔާމީން އެ މައްސަލަ ހުށައެޅުއްވުމަށް އެދިވަޑައިގަތީ ޖަލުގައި ހުންނަވައިގެން ފޮނުއްވި ނޯޓެއް މެދުވެރިކޮށެވެ. ސުލޫކީ މައްސަލަތައް ބަލާ ކޮމިޓީއިންވަނީ މި މައްސަލައިގައި ރަމީޒުގެ ބަޔާންވެސް ނަގާފައެވެ.

ރަމީޒު އިދިކޮޅު ކޯލިޝަނަށް ފޮނުއްވި ސިޓީކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއެއްގައި ބުނެފައިވާގޮތުން އޭނާ ޕާޓީއާއި ވަކިވުމަށް ނިންމާފައިވަނީ ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތުމުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: